އަންހެނެއްގެ ގާތު ފޯނު ނިވާލަން އެދުމުން ފިރިހެނެއްގެ މޫނަށް ކަރުނަގޭސް ޖަހައިފި

މީ މިދިޔަ ހޯމަ ދުވަހުގެ ރޭ ހޮލީވުޑްގެ ޓީސީއެލް ޗައިނީސް ތިއޭޓަރުގައި ހިނގި ކަމަށް ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓް ކޮށްފައިވާ ހާދިސާއެކެވެ. ފިލްމު ފަށައިގެން ފަސް މިނެޓް ދިޔަ އިރުވެސް އަންހެނަކު އިންކަމަށްވަނީ ފޯނު ދިއްލައިގެން ފޯނާ ކުޅޭށެވެ. ފޯނު ދިއްލައިގެން އިނުމުން ފޯނު ނިވާލުމަށް ފަހަތުގައި އިން ފިރިހެނަކު އެ އަންހެން މީހާ ގާތު ތަކުރާރުކޮށް އެދުމުން އެ އަންހެން މީހާ ވަނީ ފިރިހެން މީހާއަށް ވަރުގަދަ ހަމަލާއެއް ދީފަ އެވެ.

ފިލްމު ބަލަން ތިއޭޓަރުގައި ތިބި ބަޔަކާ ހަވާލާދީ މެޝަބަލްގައި ބުނެފައިވަނީ އެއަންހެން މީހާ ފޯނު ނިއްވާލުމަށް ފަހަތުގައި އިން މީހާ ތަކުރާރުކޮށް އެދުމުން ފުރަތަމަ އަޅާ ނުލާ އިނީ ކަމަށެވެ. އަދި ކޮނޑުގައި ކޮށްޓާލުމުން ”ހަޅޭއްލަވަމުން ތިމަންނަ ގައިގާ ލަޑައިފިޔޭ، ޖަހައިފިޔޭ ކިޔާ“ ކޮޅަށް ތެދުވި ކަމަށެވެ. އަދި ފޯނުގެ ފްލެޝްލައިޓުން އެ ފިރިހެން މީހާގެ މޫނަށް އަލިކޮށްގެން މިނެޓެއް ވަރު ހުރުމަށްފަހު ކުއްލިއަކަށް އަތް ދަބަހުން ކަރުނަގޭސް ފުޅިއެއް ނަގާ އެ ފިރިހެން މީހާގެ މޫނަށް ސްޕްރޭ ކޮށްލީ ކަމަށް އެމީހުންނާ ހަވާލާދީ މެޝަބަލްގައި ބުނެފައިވެ އެވެ.

އެ ފަރާތްތަކާ ހަވާލާދީ މެޝަބަލްގައި އިތުރަށް ބުނެފައިވަނީ އެ އަންހެން މީހާ ފިރިހެން މީހާގެ މޫނަށް ކަރުނަގޭސް ޖެހުމަށްފަހު އަލުން އަންބުރާ ގޮނޑީގައި އިށީނދެ ފިލްމު ބަލަން ފެށީ ކަމަށެވެ. އަދި ސިނަމާގެ ސެކިއުރިޓީން އައިސް އެ އަންހެން މީހާ ސިނަމާއިން ނެރުނީ 20 މިނެތް ފަހުން ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *