މިސޮރު ބުނަނީ އޭނާ އައީ 2048 އިން ކަމަށް – އަންނަ އަހަރު އޭލިއަނުން ދުނިޔެ އަންނާނެ ކަމަށް

ދުވަސް އެމްވީ

އެމެރިކާގެ ހުޅަނގުގެ އަވަށެއް ކަމުގައިވާ ކެސްޕަރ ޓައުންގެ ފުލުހުން ހައްޔަރު ކުރި މީހަކު، އޭނާ އަކީ 2048 ވަނަ އަހަރުން އައި މީހެއް ކަމަށާއި 2018 ވަނަ އަހަރު ދުނިޔެއަށް އޭލިއަނުން އަންނާނެ ކަމަށް ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ބްރިޔަންޓް ޖޯންސަން ނަމަކަށްކިޔާ އެމީހާ ބުނެފައިވަނީ އޭލިއަނުން އޭނާގެ ގަޔަށް ބަނގުރާ އެޅުމަށްފަހު ޒާތެއްގެ ޕެޑެއްގެ މައްޗަށް ލާފައި 2018 އަށް ފޮނުވާލީ ކަމަށެވެ. ނަމަވެސް 2017 ވަނަ އަހަރަށް އާދެވުމުން އޭނާ ހައިރާންވާކަމަށާއި އޭނާގެ އެ މެސެޖު އެ އަވަށުގެ ރައީސަށް ދޭން ބޭނުންވާކަމަށްވެސް އޭނާ ބުނެފައި ވެ އެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އަމަލުވެގެން މަގުމަތީގައި އެނބުރެނިކޮށެވެ. އޭރު އޭނާގެ ދެލޯ ހުރީ ރަތްވެފައިކަމަށް ފުލުހުން ބުނެފައި ވެ އެވެ.