ފިރުއައުނުގެ ހަށިގަނޑުން ބައެއް ވަގަށްނެގި 9 މީހަކު 5 އަހަރަށް ޖަލަށް

މިސްރުގެ ގާހިރާގައި ހުންނަ ބޮޑު ޕިރަމިޑުން ފިރުއައުނުގެ ހަށިގަނޑުން ބަޔަކާއި ފިރުއައުނަނަށް ނިސްބަތްވާ ބައެއް ސާމާނު ވަގަށްނެގި ކަމުގެ ތުހުމަތުގައި ޖަރުމަނު 3 މީހަކާއި މިސްރުގެ 6 މީހަކު 5 އަހަރަށް ޖަލަށް ލުމަށް މިސްރުގެ ކޯޓަކުން އިއްޔެ ހުކުމް ކޮށްފި އެވެ.

ގީޒާގެ ކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނީ ޖަރުމަނު 3 މީހުން ގައިރު ހާޒިރުގަ އެވެ. ޕިރަމިޑުން ވައްކަން ކުރި ކަމަށް ބުނާ ޖަރުމަނު ތިން މީހުން ކުރިން ބުނެފައިވަނީ އެމީހުންނަކީ ދިރާސާ ކުރާ ބައެއް ކަމަށެވެ. އެމީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ފިރުއައުނުގެ ހަށިގަނޑުން ބަޔަކާއި ފިރުއައުނަށް ނިސްބަތްވާ ބައެއް ސާމާނު ވަގަށްނެގި ކަމުގެ ދައުވާ އެވެ.

5 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި މިސްރުގެ 6 މީހުންގެ ތެރޭގައި ހިމެނެނީ މިސްރުގެ އާސާރީ ވުޒާރާގެ މުވައްޒަފަކާއި ބޮޑު ޕިރަމިޑްގެ ދެ ސެކިއުރިޓީ ގާޑުންނާއި ވައްކަންކުރި ޖަރުމަނު މީހުންގެ ދަތުރުގެ ކަންކަން ބެލެހެއްޓި ޓްރެވަލް އޭޖެންސީގެ ޑިރެކްޓަރާއި އަދި އެކަމުގައި ޖަރުމަނު 3 މީހުންނަށް ވާގިވެރިވި އިތުރު 2 މީހެކެވެ.

ފިރުއައުނުގެ ހަށިގަނޑުން ބަޔަކާއި، ފިރުއައުނަށް ނިސްބަތްވާ ބައެއް ތަކެތި ވަގަށްނެގި މައްސަލަ ފެންމަތިވީ މިދިއަ 2013 ވަނަ އަހަރު އެވެ. މިސްރުގެ ކަމާ ބެހޭ ފަރާތްތަކުން މިދިއަ އަހަރުގެ އޯގަސްޓްމަހު ބުނެފައިވަނީ ވަގަށް ނެގި ތަކެތި ހޯދާފައިވާކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *