އައިއެސްއާ ދެކޮޅަށް އޭކަންގެ ޝޯއެއް !

އިރާގާއި ސޫރިޔާގައި ވަކި ހިލާފަތެއް އިއުލާނުކުރުމަށްފަހު އެ ހިލާފަތު ދެމެހެއްޓުމަށްޓަކައި ހަނގުރާމަކުރަމުން އަންނަ އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ ފަރާތްތަކަށް ހިތްވަރު ދިނުމަށް އެމެރިކާގެ މަޝްހޫރި ލަވަކިޔުންތެރިޔާ އޭކަން، ޝޯއެއް ދިނުމަށް ނިންމައިފި އެވެ.

އޭކަންގެ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުތެރޭގައި ކަމަށް ވެއެވެ. މި ޝޯއާ ގުޅޭގޮތުން އޭކަން އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ 8000 އަހަރުވެފައިވާ އިރާގުގެ ގަދީމީ އަވަށެއް ކަމަށްވާ އާބިލް ގައި ޝޯއެއް ބޭއްވުމުގެ ފުރުސަތު ލިބުނީތީ އުފާކުރާ ކަމަށެވެ.

އޭކަންގެ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އިރާގުގެ އާބިލްގެ ހަރާރީ ސްޓޭޑިއަމްގަ އެވެ. މި ކޮންސަޓްގެ މަގްސަދަކީ އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ އިރާގުގެ ހަނގުރާމަވެރިންނަށް ފަންޑު ހޯދުން ކަމަށް މި ޝޯ އިންތިޒާމް ކުރާ ފަރާތުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *