ފުނަދޫ ކައިރިއަށް ކަނޑަށް ވެއްޓުނު މީހަކު، ފުލުހުންގެ މަސައްކަތުން ސަލާމަތްކޮށްފި

ހުޅުލެއިން މާލެއަށް ދަތުރުކުރި ދޯންޏަކުން ފުނަދޫ ކައިރިއަށް ކަނޑަށް ވެއްޓުނު މީހަކު މެރިން ޕޮލިސްގެ ފުލުހުންގެ މަސައްކަތުން ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނީ ރޭ 22:40 ހާއިރު ހިނގި މިޙާދިސާގައި ކަނޑަށް ވެއްޓުނީ ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށެވެ. އަދި އެވަގުތު ދޯނި ދުއްވަންހުރި ކެޕްޓަން ޕޮލިސް މީޑިއާއަށް މަޢުލޫމާތު ދިންގޮތުގައި ރޭގެ ހާދިސާގައި ކަނޑަށް ވެއްޓުނު މީހާ ކަނޑަށް ވެއްޓުނުކަން އެނގުނީ އޭނާ ހޮޑުލަން އުޅޭ ކަހަލަ ގޮތަކަށް ދޯނީގެ އެއްކޮޅަކަށްގޮސް އުޅެ އިރުކޮޅެއް ވީތަނާ ޚަބަރެއް ނުވެގެން ބެލިބެލުމުން ކަމަށް ފުލުހުން ބުނެއެވެ.

އެވަގުތު ދޯނި މަޑުކޮށް ކަނޑަށް އަލިކޮށްގެން އޭނާ ހޯދުމުގެ މަސައްކަތް ފެށިކަމަށާއި އަދި އޭނާ ކަނޑުގައި އޮތްތަން ފެނުނުކަމަށް ކެޕްޓަން މައުލޫމާތު ދިން ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ އެވަގުތަކީ މޫސުން ގޯސް ވަގުތެއްކަމަށް ވުމާއެކު މެރިން ޕޮލިސްގެ ލޯންޗު ކަނޑުމަތީގެ ޕެޓްރޯލަށް ނުކުމެ އުޅެނިކޮށް އެސަރަޙައްދުން ދަތުރުކުރަމުންދާތަން ފެނި ދޯނީގެ ކެޕްޓަން ފުލުހުންނަށް އެންގުމުން އެމީހާ ކަނޑަށް ވެއްޓިފައި އޮތް ސަރަޙައްދަށް އައިސް ފުލުހުންގެ މަސައްކަތުން އެމީހާ ފުލުހުންގެ ލޯންޗަށް އަރުވައިގެން މާލެ ގެނެސް ފުލުހުންގެ ބެލުމުގެ ދަށުން ޑޮކްޓަރަށް ދައްކާފައިވާކަމަށެވެ.

އަދި އެމީހާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށްވެސް ފުލުހުން ބުނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *