ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން މޫދަށް އެރުނު ފަތުރުވެރިއަކު މަރުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 2:45 ހާއިރު މިކަން ފުލުހުންނަށް ރިޕޯޓް ކުރި ކަމަށާއި މަރުވީ ލިތުއޭނިއާ ނިސްބަތްވާ 22 އަަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ތަފްސީލް އަންނަނީ…