ފަގީރު އަވަށްތަކާއި ޒަމާންވީ ގަދީމީ އަވަށްތަކާއި ގަބީލާތަކަށް ނިސްބަތްވާ މީހަކާ ކައިވެނިކޮށްފި ނަމަ ހަދިޔާއެއްގެ ގޮތުން 50 ހާސް ރުޕީސް އާއި މެޑަލާއި ސެޓްފިކެޓް ދިނުމަށް އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ސަރުކާރުން ނިންމައިފި އެވެ.
އުއްތަރު ޕްރަދޭޝްގެ ކޮމިޝަނަރު ބުޕެންދުރަ ސިންގް ބުނެފައިވަނީ އެ ޕޮލިސީއަށް މިހާރު އަމަލުކުރަން ފަށާފައިވާކަމަށާއި ފައިސާގެ އިނާމާއި ސެޓްފިކެޓް ދޭނީ ކޮމިޝަނަރުގެ އޮފީހުން ކަމަށެވެ. އަދި ކައިވެނީގެ ހަމައެކަނި ސަރުތަކީ ދެ ފަރާތުންކުރެ އެއް ފަރާތަކީ ފަގީރު އަވަށްތަކާއި ޒަމާންވީ ގަދީމީ އަވަށްތަކާއި ގަބީލާތަކަށް ނިސްބަތްވާ މީހެއް ކަމަށް ވުން ކަމަށެވެ.
މި ނިންމުމާމެދު އެ ސަރަހައްދުގެ ބައެއް އާންމުން ފާޑު ކިޔަމުންދިޔަ ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ މި ނިންމުމަކީ ވަރަށް ފުރިހަމަ ނިންމުމެއް ކަމަށާއި ގަބީލާތަކަށް ނިސްބަތްވާ މީހުންގެ ކޮށި ވިސްނުން މި ނިންމުމުގެ ސަބަބުން ބަދަލުވުން އެކަށީގެންވާ ކަމަށެވެ.