ވިލިމާލޭ މަގުމަތީގައި ގަވައިދާހިލާފަށް ބަހައްޓާފައި ހުރި ތަކެތި ފުލުހުން ވަނީ ނަގާފައި -- ފޮޓޮ: ޕޮލިސް
ވިލިމާލޭ މަގުމަތީގައި ގަވައިދާހިލާފަށް ބަހައްޓާފައި ހުރި ތަކެތި ފުލުހުން ވަނީ ނަގާފައި -- ފޮޓޮ: ޕޮލިސް

ވިލިމާލޭ މަގުމަތީގައި ގަވައިދާހިލާފަށް ބަހައްޓާފައި ހުރި ތަކެތި ނަގައިފި

ވިލިމާލޭގައި މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިހުރި ތަކެތި ނެގުމުގެ މަސައްކަތް ވިލިމާލޭ ޕޮލިސް ސްޓޭޝަނުން ކޮށްފި އެވެ.

ފުލުހުން ބުނީ ވިލިމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމުގެ މަސައްކަތް ވިލިމާލޭ ޕޮލިހުން ކުރީ މިމަހުގެ 26 އަދި 27 ގައި ކަމަށެވެ. ފުލުހުން ބުނީ އެ މަސައްކަތުން މަގުމަތީގައި ބަހައްޓާފައި ހުރި ޖޯލިފައްޗާއި މަގުމަތީގައި ބަހައްޓާފައިހުރި ގަސްތަކާއި އެނޫންވެސް ތަކެތި ނަގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ނެގި ތަކެތީގެ ތެރޭގައި ހުރި ހަލާކުވެފައިވާ ތަކެތި އުކާލާފައިވާ ކަމަށެވެ.

ވިލިމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނަގާފައިމިވަނީ މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ ތަކެތީގެ ސަބަބުން ހިނގާ އުޅޭ ފަރާތްތަކަށާއި އެއްގަމު ދަތުރުފަތުރު ކުރާ ފަރާތްތަކުން ޝަކުވާ ކުރުމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *