ހއ. ބާރަށް، ބޮޑުކުންނާރުގެ، ޙުސައިން ޞަލާޙް ޢަބްދުލްހާދީ (26އ) -- ފޮޓޯ: ޕޮލިސް އެރެސްޓް ސްޓޭޝަން
ހއ. ބާރަށް، ބޮޑުކުންނާރުގެ، ޙުސައިން ޞަލާޙް ޢަބްދުލްހާދީ (26އ) -- ފޮޓޯ: ޕޮލިސް އެރެސްޓް ސްޓޭޝަން

އައިޑީ ކާޑަކާއި 120 ރުފިޔާ ފޭރުނު މީހަކު 2 އަހަރަށް ޖަލަށް

މީހެއްގެ އައިޑީކާޑާއި 120ރ ފޭރުނު މީހަކު 2 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ ހއ. ބާރަށް، ބޮޑުކުންނާރުގެ، ޙުސައިން ޞަލާޙް ޢަބްދުލްހާދީ (26އ) ގެ މައްޗަށެވެ.

ދަޢުލަތުން ޙުސައިން ޞަލާޙް ޢަބްދުލްހާދީ ގެ މައްޗަށް ފޭރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ، ޙުސައިން ޞަލާޙް ޢަބްދުލްހާދީ 2010 ސެޕްޓޭމްބަރ 30 ވަނަ ދުވަހުގެ 22:00 ހާއިރު، މާލެތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް ނޭޝަނަލް ތެލެސީމިއާ ސެންޓަރު ކުރިމަތީ މީހަކަށް ބިރުދައްކައިގެން ފޭރެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު ޙުސައިން ޞަލާޙް ޢަބްދުލްހާދީ މީހަކަށް ބިރުދެއްކުމަށްފަހު، އޭނާގެ އައިޑީ ކާޑާއި 120 ރުފިޔާ ފޭރިގެންފައިވާކަމަށް ފުލުހުން ގާތު ބުނުމުން، ޙުސައިން ޞަލާޙް ޢަބްދުލްހާދީގެ ހަށިގަނޑު ބަލައި ފާސްކުރިއިރު ޙުސައިން ޞަލާޙް ޢަބްދުލްހާދީ ލައިގެންހުރި ފަޓުލޫނުގެ ކަނާތްފަރާތު ފަހަތު ޖީބުން އައިޑީކާޑާއި ފައިސާ ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.

މި ދަޢުވާ ބެލުމަށްފަހު ކްރިމިނަލް ކޯޓުން ނެރެފައިވާ ޤަޟިއްޔާގައި ބުނަނީ، ހެކިންގެ ހެކިބަހުން ޙުސައިން ޞަލާޙް ޢަބްދުލްހާދީގެ ޖީބުން އެތަކެތި ފެނުނުކަން އެނގެން އޮންނަކަމަށާއި، އެތަކެއްޗަކީ ފޭރުނު ތަކެތި ނޫންކަމަށް ޙުސައިން ޞަލާޙް ޢަބްދުލްހާދީ ބުނި ނަމަވެސް އެކަން ޙުސައިން ޞަލާޙް ޢަބްދުލްހާދީއަށް ސާބިތުކޮށްދެވިފައިނުވާތީ، ހުށަހެޅިފައިވާ ހެކިންގެ ހެކި ބަހުގެ މައްޗަށާއި ޙުސައިން ޞަލާޙް ޢަބްދުލްހާދީގެ އިޢުތިރާފްގެ މައްޗަށް ބިނާކޮށް ފޭރުމުގެ ކުށުން ޙުސައިން ޞަލާޙް ޢަބްދުލްހާދީ ކުށްވެރިވާކަމަށެވެ.

އެހެންކަމުން، މިއީ ޙުސައިން ޞަލާޙް ޢަބްދުލްހާދީގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވި ދެވަނަ ފަހަރުކަމަށްވާތީ، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން 2 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް ކުރާކަމަށްވެސް ކްރިމިނަލް ކޯޓުގެ ޤާޟިއްޔާގައި ވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *