ސްޕެނިޝްލަލީގާ: ރިއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

ރޭ ސްޕެނިޝްލަލީގާގައި ރިއާލް މެޑްރިޑް ކުޅުނު މެޗު އެޓީމު ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ.

ރަށުން ބޭރުގައި  ރިއާލް މެޑްރިޑުން ގެޓާފޭ ބަލިކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މިއީ ރިއާލް ލީގުގައި އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން މޮޅުވި 14 ވަނަ މެޗެވެ.

މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ނުދިޔަނަމަވެސް މެޗުގެ ފުރަތަމަ ހާފްވެސް ”ޑޮމިނޭޓް“ ކޮށް މެޗު ކޮންޓްރޯލް ކުރަމުންދިޔައީ ރިއާލް މެޑްރިޑުންނެވެ.

މެޗުގެ ދެވަނަ ހާފްގައި ރިއާލްއަށް ލީޑު ނަގާދިނީ ފީފާ ބެލޮންޑިއޯއަށް ވޭތުވެދިޔަ ހަފްތާގައި ހޮވުނު ޕޯރޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯގެ ގޯލާއެކު މާގިނައިރެެއްނުވެ ބޭލްގެ ގޯލާއެކު ރިއާލްއިން ނަތީޖާ ކަށަވަރުކުރިއެވެ. މިއީ ބޭލް ލީގް ކެމްޕެއިންގައި ކާމިޔާބުކުރި ނުވަ ވަނަ ގޯލައެވެ.

 އަދި މެޗުގެ 79 ވަނަ މިނެޓުގައި ރޮނާލްޑޯގެ ދެވަނަ ގޯލާއެކު މެޗުގެ ނަތީޖާ ފުޅާކޮށްދިނެވެ. މިއީ މިހާތަނަށް މި ސީޒަންގައި ރޮނާލްޑޯ ރިއާލްއަށް ކާމިޔާބުކޮށްދިން 36 ވަނަ ގޯލަައެވެ.

މެޗުން މޮޅުވެ ރިއާލް އޮތީ ލަލީގާ ތާވަލުގެ އެއް ވަނައިގައެވެ. އެއީ ދެވަނައިގައިވާ ބަރސާއާއި އެއް ޕޮއިންޓްގެ ފަރަގެއްގައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *