ފަޒުލް
ފަޒުލް

އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ފަޒުލް އައްޔަން ކުރަން ފޮނުވައިފި

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސް މަގާމެއްގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ ނަން ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ އިދާރާގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަންކަން ކުރައްވަމުން ގެންދަވާ ފަޒުލްގެ ނަން ވަނީ ރައީސް ޔާމީން ޕްރައިވެޓައިޒޭޝަން ބޯޑަށް ފޮނުއްވައިފަ އެވެ. ނަމަވެސް، އެ ނަން ޕްރައިވެޓައިޒޭޝަން ބޯޑުން އަދި ފާހެއް ނުކުރެ އެވެ.

އެމްޑަބްލިއުއެސްސީގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅެއްގެ ނަން ހުށަހަޅުއްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވެސް މިއަދު ކަށަވަރުކޮށް ދެއްވި އެވެ. ނަމަވެސް، އެއީ ކޮން ބޭފުޅެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވުމަށް ފަޒުލްގެ ނަން ރައީސް ހުށަހަޅުއްވާފައި ވާއިރު، އޭނާ ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ޕީޕީއެމްގެ ކެމްޕެއިންގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ. އަދި ރައީސް ޔާމީން ކުރިން އުފެއްދެވި ސިޔާސީ ޕާޓީ، ޕީޕަލްސް އެލަޔަންސް (ޕީއޭ) ގައި ވެސް އުޅުއްވާފައިވެ އެވެ.

ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ، ޖޫމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެ މަގާމުގައި ހުންނެވި އަހުމަދު އުމަރު މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ވަކިކުރެއްވުމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *