އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން ތަމްސީލު ކުރާ ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެސްޓީއޯ އިން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުން ފެށިގެން އަންނަ އަހަރަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
އެމަގާމަށްކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރިއާއި ހިންގުމުގެ ދާއިރާ އިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ. އަދި ފާއިތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ބަނގުރޫޓްވެފައި، ދަރަނިވެރިވެފައި، ގާނޫނާ ހިލާފުވެފައި ނުވަތަ އެފަދަ އެއްވެސް ދައުވާއެއް ރައްދުވާ ފަރާތަކަށް އެސްޓީއޯގެ ބޯޑު މެންބަރު ކަމަށް ކުރިމަތި ނުލެވޭނެ ކަމަށް ބުނެފަވެ އެވެ.
މީގެ އިތުރުން އެ މަގާމަށް އެދި ކުރިމަތިލާ ފަރާތްތަކުން، އުމުރުން 18 އަހަރު ވުމާއި ކުންފުނީގެ ހިއްސާދާރަކަށް ވުމާއި ކުންފުނީގެ ވިޔަފާރިއާއި ސްޓޮކް މާކެޓް އަދި ކުންފުންޏާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތަކަށް ވާން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެސްޓީއޯގެ ބޯޑު މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ވަނަ ދުވަހުގެ ނިޔަލަށެވެ.
އެސްޓީއޯގެ ބޯޑު ޑިރެކްޓަރުންގެ ތެރެއިން އާންމު ހިއްސާދާރުންގެ ގޮތުގައި ތަމްސީލުކުރަނީ އެއް މެންބަރެވެ. އަދި ސަރުކާރުގެ ފަރާތުން ހަ މެންބަރުންނެވެ.