ފުވައްމުލަކު ބޭކަރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ބޭކަރީގެ ފުރާޅު ވެއްޓިފައި -- ފޮޓޯ: އަލީ ޝަޒީމް / ކައުންސިލް މެމްބަރު
ފުވައްމުލަކު ބޭކަރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ބޭކަރީގެ ފުރާޅު ވެއްޓިފައި -- ފޮޓޯ: އަލީ ޝަޒީމް / ކައުންސިލް މެމްބަރު

ފުވައްމުލަކު ބޭކަރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޏ. ފުވައްމުލަކު ދޫޑިގަމު ގެއެއްގައި ހިންގަމުން އައި ބޭކަރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް މެމްބަރު އަލީ ޝަޒީމް މުހައްމަދު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ އެ އަވަށު ނާރިނގުވިލާ ގޭގައި ހިންގަމުން އައި ބޭކަރީއެއްގައި ކަމަށާއި ބޭކަރީގައި ރޯވި އަލިފާންގަނޑު ފުލުހުން އައިސް ނިއްވާލާފައި ވާކަމަށެވެ. “ 8:15 ހާއިރު މި ހާދިސާ ހިނގީ، އެމްއެންޑީއެފަށް އެންގުމުން ވަރަށް އަވަހަށް އައިސް އަލިފާންގަނޑު ނިއްވާލީ، ބޭކަރީގެ ފުރާޅު ވެއްޓި ފާރަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބުނު“ ޝަޒީމް ވިދާޅުވި އެވެ.

ޝަޒީމް އިތުރަށް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ އެގޭ މީހުން ބޭކަރީގައި މަސައްކަތް ކުރަމުން އަންނަނިކޮށް ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *