ޒިކުރާ މިސްކިތްކައިރިން މިއަދު ހިފެހެއްޓި ބައެއް ބިދޭސީން -- ދުވަސް ފޮޓޯ
ޒިކުރާ މިސްކިތްކައިރިން މިއަދު ހިފެހެއްޓި ބައެއް ބިދޭސީން -- ދުވަސް ފޮޓޯ

ވޯކްޕާމިޓް ނެތި އުޅެމުންދިޔަ 104 ބިދޭސީއަކު ހިފަހައްޓައިފި

ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާލެއިން 104 ބިދޭސީން މިއަދު ހިފަހައްޓައިފިއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހިންގި އޮޕަރޭޝަނުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 104 ބިދޭސީންނަކީ ޒިކުރާ މިސްކިތް ކައިރިން އަތުލައިގަތް 104 ބިދޭސީން ކަމަށެވެ.

”މީ މިއަހަރު ހިންގުނު މިފަދަ ފުރަތަމަ އޮޕަރޭޝަން، ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންނަކީ ސުވާލު ކުރިއިރު އަތުގައި އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީން“ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އިމިގްރޭޝަންގެ އޮފިޝަލް އިތުރަށް ވިދާޅުވީ ބެލުމުގެ ދަށަށް ގެނެސްފައިވާ ބިދޭސީންނާމެދު އަމަލު ކުރާނެ ގޮތެއް ނިންމާނީ ބަލަންޖެހޭ ކަންތައްތަކެއް ބެލުމަށްފަހުގައި ކަމަށެވެ. އެގޮތުން އެމީހާއަކީ ހިއުމަން ޓްރެފިކިން ވިކްޓިމްއެއްތޯ ބެލުމާއި، އެމީހެއްގެ ވެރިފަރާތާ ގުޅައިގެން ލިޔެކިޔުން ހުރިތޯ ބެލެންފަދަ ކަންކަން ކުރާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *