މިއަހަރު ކިޔަވައިދޭން ފެށި އާ މަންހަޖުގައި ގްރޭޑް ދޭއްގައި ކިޔަވައިދިނުމަށް ބޭނުން ކުރާ ބައެއް ޓެކްސްޓް ފޮތްތައް -- ދުވަސް ފޮޓޯ
މިއަހަރު ކިޔަވައިދޭން ފެށި އާ މަންހަޖުގައި ގްރޭޑް ދޭއްގައި ކިޔަވައިދިނުމަށް ބޭނުން ކުރާ ބައެއް ޓެކްސްޓް ފޮތްތައް -- ދުވަސް ފޮޓޯ

ސްކޫލް ފެށުނުތާ ތިން ދުވަސް ފަހުން ފޮތްތައް ޗާޕް ކުރާނެ ފަރާތެއް ހޯދަނީ

ދިރާސީ އަހަރުގެ ކިޔެވުން ފެށުނުތާ ތިން ދުވަސް ފަހުން ގްރޭޑް 3،2،1ގެ ޓެކްސްޓް ފޮތްތައް ޗާޕުކުރަން އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ގެޒެޓުގައި އިއްޔެ ޖެހި އިއުލާންގައި ބުނެފައިވަނީ އާ މަންހަޖުގެ ދަށުން ފުރަތަމަ ތިން ގްރޭޑަށް ތައްޔާރުކުރި އިސްލާމް، ދިވެހި އަދި ގުރުއާން ފޮތުގެ އިތުރުން އެތިން މާއްދާގެ ޓީޗަރުންގެ ފޮތް ޗާޕުކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެ ފޮތްތަކުގެ ޗާޕާ ބެހޭ ގޮތުން މައުލޫމާތު ދޭން މާދަމާ ބައްދަލުވުމެއް ބާއްވަން ހަމަޖައްސާފައިވާއިރު މި މަހުގެ 20ގައި އަންދާސީ ހިސާބު ހުށަހަޅަން ޖެހެ އެވެ.

އާ މަންހަޖުގެ ދަށުން މި އަހަރު ކިޔެވުން ފެށިއިރު ވެސް ރާއްޖޭގައި ތައްޔާރުކުރި ފޮތްތަކުގެ ބައެއް ޗެޕްޓާތައް އަދިވެސް ނުނިމެ އެވެ. ނަމަވެސް އެޑިއުކޭޝަނުން ބުނެފައިވަނީ ނުނިމެނީ ހަމައެކަނި އެ ފޮތްތައް ރިވިއުކުރުމުގެ މަސައްކަތެވެ.

އާ އަހަރުގެ ކިޔެވުން ފެށީ ތިން ގްރޭޑްގެ ކުދިންނަށް ކޮންމެ ފޮތަކުން ދެ ބާބެއް ޑައުންލޯޑްކުރޭ ގޮތް ހަދައިފަ އެވެ.

ދިވެހިން ކިޔަވައިދޭ މާއްދާތައް ފިޔަވައި އެހެން މާއްދާތައް ތައްޔާރުކޮށް، ޗާޕުކުރީ އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވަސިޓީންނެވެ. ދެ ބަޔަކަށް ބަހާލައިގެން ތައްޔާރުކޮށްފައިވާ އެ ފޮތްތަކުގެ ފުރަތަމަ ބައި، ރާއްޖެ ގެނެސް ސްކޫލުތަކަށް ބެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ބައެއް ސްކޫލްތަކުން ފުރަތަމަ ދުވަހު އިނގިރޭސި ބަހުން ހުރި ފޮތްތައް ދޫކޮށްފައިވާއިރު، އަނެއްބައި ސްކޫލްތަކުން ވަނީ އިއްޔެވެސް ފޮތް ދޫކޮށްފައި އެވެ. އަދި ފޮތް ދޫކުރުމުގައި ބައެއް ކުދިންނަށް ރިޕީޓުކޮށް ވެސް ފޮތް ދޫކުރެވިފައި ހުރެ އެވެ.

އެޑިއުކޭޝަނުން މީގެ ކުރިން ބުނެފައިވަނީ ސްކޫލުތަކުގެ ކިޔެވުން ފެށުމުގެ ކުރިން ދިވެއްސާއި އިސްލާމާއި ގުރުއާން މާއްދާގެ ފޮތްތައް ތައްޔާރުކޮށް ޗާޕު ނުކުރެވުނީ އެ މަސައްކަތް ބަޔަކާ ހަވާލުކުރުން ލަސްވުމުންނެވެ. އެ މާއްދާތައް ލިޔެ ތައްޔާރުކުރާނެ ބަޔަކު ހޯދަން އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. އެކަމަކު އެއްވެސް ބަޔަކު ކުރިމަތިލާފައެއް ނުވެ އެވެ. އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ މީހުންނާ މަސައްކަތް ހަވާލުކުރީ މިދިއަ އަހަރުގެ ޖުލައި މަހު އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *