ސްޕެނިޝް ލަލީގާ: ބަރސާ ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅެން- މެސީ

ބަރސާ ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި، ބަރސާ ދޫކޮށްލާނެކަމަށް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ދޮގުކަމަށް ބަރސާގެ ތަރި ލިއޯ މެސީ ބުނެފިއެވެ.

ރޭ ސްޕެނިޝް ލަލީގާގައި ބަރސާއިން އަމިއްލަ ދަނޑުގައި އެތްލެޓިކޯ މެޑްރިޑް 3-1 ގެ ނަތީޖާއިން ބަލިކުރި މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން މެސީ ބުނެފަިއވަނީ ބަރސާގެ ކޯޗު އެންރިކޭ އަދި މެސީއާއި ދެމެދު މައްސަލަ ތަކެއް އުޅޭކަމުގެ ވާހަކައަކީވެސް ދޮގުކަމަށެވެ.

“ ކުލަބުން ވަކި މީހަކު ދުރުކުރަން ، އަދި ކުލަބަަށް ވަކިމީހަކު ގެންނަން ދުވަހަކުވެސް އަހަރެން ނުބުނަން، އެފަދަ ވާހަކަތަށް މީހުން ފަތުރަނީ ބަރސާ ހަލާކު ކޮށްލުމަށް“ މެސީ އިތުރަށް ބުންޏެވެ.

މެސީ ރޭގެ މެޗުގައި ދެއްކި މޮޅު ކުޅުމާއެކު، ބަރސާގެ ގޯލްތަށް މެޗުގައި ކާމިޔާބުކޮށްދިނީ ބަރސާގެ ހުނަރުވެރި ފޯވަރޑް ލައިނެވެ. އެއީ ނޭމަރގެ އިތުރުން ސުއަރޭޒް އަދި މެސީއެވެ. އެތްލެޓިކޯގެ ހަމައެކަނި ގޯލް ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދިނީ މާރިއޯ މަންޒޫކިޗެވެ.

އެތްލެޓިކޯ މެޑްރިޑްގެ މައްޗަށް ކުރިހޯދާ ބަރސާއިންވަނީ ލަލީގާ ތާވަލުގެ ދެވަނައިގާ ހަމަޖެހިލާފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *