ފަލަސްތީނުގެ ސަޕޯޓަރުން ދިވެހި ދިދަޔާއެކު. ފޮޓޯ: ފޭސްބުކް
ފަލަސްތީނުގެ ސަޕޯޓަރުން ދިވެހި ދިދަޔާއެކު. ފޮޓޯ: ފޭސްބުކް

އޭޝިއަން ކަޕްގައި ވާދަކުރަންދިޔަ ފަލަސްތީން ޓީމުގެ ސަޕޯޓަރުން ދިވެހި ދިދަ ވިހުރުވާލައިފި

އޭޝިއަން ކަޕްގައި ވާދަކުރުމަށް މިހާރު އޮސްޓްރޭލިއާގައި ތިބި ފަލަސްތީނުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ސަޕޯޓަރުން އޮސްޓްރޭލިއާގައި ދިވެހި ދިދަ ވިހުރުވާލައިފިއެވެ.

ފަލަސްތީނުގެ ފުޓުބޯޅަ ޓީމުގެ އޮފިޝަލް ފޭސްބުކް ޕޭގުޖައި ދިވެހި ރާއްޖެއަށް ތައުރީފުކޮށް ފަލަސްތީން ޓީމުގެ ސަޕޯޓަރަކު ރާއްޖޭގެ ދިދައާއި އެކު ނަގާފައިވާ ފޮޓޯ ޕޯސްޓް ކޮށްފައިވަނީ މިއަދުއެވެ.

ފޮޓޯގެ ކެޕްޝަންގައި ބުނެފައިވަނީ އަބަދުވެސް ދިވެހިން އަދި ދިވެހި ރާއްޖެ ވެގެންދާނީ ފަަލަސްތީނަށް ވަރަށް ޚާއްސަތަނަކަށް ކަމަށެވެ. އަދި ފަލަސްތީނުގެ ފުޓުބޯޅައިގެ ތާރީހުގައި ހޯދި އެންމެ ބޮޑު ކާމިޔާބީކަމަށްވާ ޗެލެންޖް ކަޕްގެ ޗެމްޕިއަންކަން ހޯދި ދިވެހި ފަސްގަނޑު އަދި ދިވެހި ސަޕޯޓަރުން މަތިން ހަނދާން ނުނެތޭނެ ކަމަށް ޕޯސްޓްގައި ވެއެވެ.

ފަލަސްތީނުން އޭޝިއަން ކަޕަށް ކޮލިފައިވެފައިވަނީ ނިމިދިޔަ އޭއެފްސީ ޗެލެންޖުކަޕުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އޭއެފްސީ ޗެލެންޖް ކަޕުގައި ގިނަ އަދަދެއްގެ ދިވެހީންވަނީ ފަލަސްތީނަށް ހިތްވަރުދީ ސަޕޯޓުކޮށްފައެވެ.

ފަލަސްތީނުން އޭއެފްސީ ކަޕްގައި އެންމެ ފުރަތަމަ ކުޅޭ މެޗުގައި މިއަދު ނިކުންނާނީ ގަދަފަދަ ޖަޕާނާއި ދެކޮޅަށެވެ. ފަލަސްތީން ހިމެނޭ ގުރޫޕް ޑީ ގައި ދެން ހިމެނޭ ދެ ޓީމަކީ އިރާގް އަދި ޖޯޑަންއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *