މިއީ ނިމިދިޔަ ހަފްތާގެ އާދީއްދަ ދުވަހު ޔުގަންޑާގެ އަވަށެއްގައި ހިނގާދިޔަ ހާދިސާއެކެވެ. ކޯރެއްގެ އައްސޭރިފަށަށް މާ ބަނޑު އަންހެނެއް ކަމަށްވާ ދެމެތެރިޔާ ނަބްވީރު ދިޔައީ ދަރު އެއް ކުރުމަށެވެ. އަނބުރާ ގެއަށް ނައުމުން އަވަށު ރައްޔިތުން ނިކުމެ ކުރި މަސައްކަތުން ފެނުނީ އެ އަންހެން މީހާގެ މޯބައިލް ފޯނާއި އަތާއި ފައިގެ އެކި އިނގިލިތަކާއި ފައިވާނެވެ. އެތަކެތި ފެނުނު ސަރަހައްދުގައި ކިނބުލެއްގެ ނިޝާންތައް ހުރި ކަމަށް ވެއެވެ. އަވަށު މީހުން ގަބޫލުކުރީ އެ ކޯރުގައި އުޅޭ ބޮޑު ކިނބޫ ދެމެތެރިޔާ ކާލީ ކަމަށެވެ. އޭގެ ކުރިންވެސް އެ އަވަށުގެ ފަސް މީހަކު އެގޮތަށ ގެއްލިފައި ވެއެވެ.
ޖެހިގެން އައި ދުވަހު ދެމެތެރިޔާގެ ފިރިމީހާ، އުމުރުން 56 އަހަރުގެ މުބާލަކް ބަތަމްބޫޒޭ ނިކުތީ އެ ކިނބޫ ހޯދައި އެ ކިނބުލުގެ ކިބައިން ބަދަލު ހިފުމަށެވެ. ބަތަމްބޫޒޭއަކީ މަސްވެރިއެކެވެ. ކިނބޫގެ ކިބައިން ބަދަލު ހިފުމަށް ބަތަމްބޫޒޭ ނިކުތީ އެކަމަށް ތައްޔާރުވެސް ވެގެންނެވެ. އެކަން ބަތަމްބޫޒޭ ކާމިޔާބު ކުރިއެވެ. ބުރަ މަސައްކަތުން ކިނބޫ ހޯދާ، އެ ކިނބޫ މަރާލިއެވެ. އެ އަވަށު މީހުން ގަބޫލު ކުރަނީ ބަތަމްބޫޒޭ އަކީ ލޯކަލް ހީރޯއެއް ކަމަށެވެ.
_ _ _ _ _ _ _ _ _ _
ޔުގާންޑާގެ ވައިލްޑްލައިފް އޮތޯރިޓީން ބުނެފައިވަނީ އެ އޮތޯރިޓީގެ އޮފިޝަލުން އެ އަވަށް ގޮސްފައިވާކަމަށާއި ބަތަމްބޫޒޭ މަރާލާފައިވާ ކިނބުލުގެ ދިގުމިނުގައި 7.5 މީޓަރު ހުރި ކަމަށެވެ. އަދި ބަރުދަނުގައި 1000 ކިލޯ ހުރި ކަމަށެވެ.
އެ އޮތޯރިޓީގެ ތަރުޖަމާނު ޕީޓާ އޮގްވަން ބުނެފައިވަނީ އެ ކިނބޫ ފަޅާލި އިރު ކިނބޫގެ ބަނޑުތެރެއިން މިނި ކަށްޓާއި މީހުންގެ ހެދުން ފެނިފައިވާކަމަށެވެ.
އެގައުމުގެ ވައިލްޑްލައިފް އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކިނބޫގެ ސިކާރައަކަށްވެ އަހަރަކު 30 އަށްވުރެ ގިނަ މީހުން އެގައުމުގައި މަރުވެ އެވެ.