އާ ޕާސްޕޯޓުގައި އިންޑީއާއަށް ދާނަމަ ކުރީގެ ޕާސްޕޯޓު ގެންދަން އިމިގްރޭޝަނުން ވަނީ އަންގާފައި --
އާ ޕާސްޕޯޓުގައި އިންޑީއާއަށް ދާނަމަ ކުރީގެ ޕާސްޕޯޓު ގެންދަން އިމިގްރޭޝަނުން ވަނީ އަންގާފައި --

އާ ޕާސްޕޯޓުގައި އިންޑިއާއަށް ދާނަމަ ކުރީގެ ޕާސްޕޯޓު ގެންދިއުމަށް އަންގައިފި

އާ ޕާސްޕޯޓެއްގައި އިންޑިއާ އަށް ދަތުރު ކުރާ ނަމަ ކުރީގެ ޕާސްޕޯޓް ވެސް ގެންދިއުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފި އެވެ.

އިމްގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާ ޕާސްޕޯޓްގައި އިންޑިއާ އަށްދާ ނަމަ ކުރީގެ ޕާސްޕޯޓް ގެންދިއުން ބުއްދިވެރި ކަމަށާއި އެހެން ނޫން ނަމަ އިންޑިއާއަށް އެތެރެ ނުވެވި އެނބުރި އަންނަން ޖެހިދާނެ ކަމަށެވެ. އިމިގްރޭޝަނުން ބުނީ ކުރީގެ ޕާސްޕޯޓް ނެތް ނަމަ އެ އިދާރާ އިން ލިޔުމެއް ހޯއްދަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖެ އާއި އިންޑިއާ ދެމެދުގައި ވެފައިވާ ބައި-ލެޓަރަލް އެގްރީމަންޓްގައިވާ ގޮތުގެ މަތީން ދިވެހީން އިންޑިއާ އަށް ޗުއްޓީ ހޭދަކޮށްލުމަށް ގޮސް ހުރުމަށް ކޮންމެ ހަ މަހަކަށް 90 ދުވަސް ދެވޭ ކަމަށެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި 90 ދުވަސް ހަމަވެއްޖެ ނަމަ، އިންޑިއާ އަށް ޒިޔާރަތްކުރެވޭނީ ވިސާ ލިބިގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިތުރަށް އިމިގްރޭޝަނުން ބުނީ އެފަދަ ޕަސިންޖަރަކު އިންޑިއާ އަށް ގެންދިއުމުން އެ އެއާލައިންތަކުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ބޮޑުކަމުން، ދިވެއްސަކު އާ ޕާސްޕޯޓެއްގައި އިންޑިއާ އަށް ދަތުރުކުރާ ނަމަ އެ އެއާލައިންއިން ޗެކިން ކޮށްދޭ ވަގުތު އެންމެ ފަހުން ދަތުރުކުރި ޕާސްޕޯޓް އޮތްކަން ކަށަވަރު ކުރާ ކަމަށެވެ.

އެހެންކަމުން ޕާސްޕޯޓުގެ މުއްދަތު ހަމަވުން ފަދަ ކަމަކާ ގުޅިގެން ޕާސްޕޯޓް އާ ކުރުމަށް ފަހު އިންޑިއާ އަށް ދަތުރުކުރާ ނަމަ، އެންމެފަހުން އިންޑިއާ އަށް ދިއުމަށް ބޭނުންކުރި ޕާސްޕޯޓް ހިފައިގެން ދަތުރުކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *