އިއްޔެ ގ.އައިޒިޔާ ގޭގެ ޓެރަސްމަތީގައި ހުރި ލަކުޑިތަކެއްގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި ސިފައިން ހަރަކާތްތެރިވަނީ: ތުލުސްދޫގައި ހުރި ގުދަނެއްގައި ރޭގެ ވަގުތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގުދަނުގައި ހުރި ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައި – ފޮޓޯ: އެމްއެންޑީއެފު

މާލޭ ގެއެއްގެ ޓެރަސްމަތީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގ.އައިޒިޔާ ގޭގެ ޓެރަސްމަތީގައި ހުރި ލަކުޑިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާގައި އެއްވެސ މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެމްއެންޑިއެފުން ބުނީ އެ ގޭގެ ޓެރަސްމަތީ ހުރި ލަކުޑިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ނިއްވާލާފައިވާކަމަށެވެ.

މިއަދު ގާތްގަނޑަކަށް 15:40 ހާއިރު މި ހާދިސާ ހިނގި ކަމުގެ މަޢުލޫމާތު އެފްއާރުއެސްއަށް ލިބުމާއެކު ފަޔަރމަނުންގެ ޓީމެއް އެގެއަށްގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށާއި މިހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ ގާތްގަނޑަކަށް 16:09 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި އަލިފާން އެއްކޮށް ނިއްވާލުމަށްފަހު ރޯވެފައިވާ ލަކުޑިތަކުން ދުން އަރާތީ އިތުރަށް ފެން ޖެހުމުގެ މަސައްކަތްވެސް ފަޔަރމަނުންގެ ޓީމުން ކޮށްފައިވާކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *