މަހަލްދީބު ފައުންޑޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މެޑިކަލް ކޭމްޕްގެ ތެރެއިން -- ފޮޓޯ: މަހަލްދީބު ފައުންޑޭޝަން
މަހަލްދީބު ފައުންޑޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މެޑިކަލް ކޭމްޕްގެ ތެރެއިން -- ފޮޓޯ: މަހަލްދީބު ފައުންޑޭޝަން

މަހަލްދީބު ފައުންޑޭޝަނުން ކުރިއަށްގެންދިޔަ މެޑިކަލް ކޭމްޕް ނިންމާލައިފި

މަޙަލްދީބު ފައުންޑޭޝަނުން އިސްނަގައިގެ “ މަހަލްދީބްފީމާސޭވްވިޝަން“ ނަމުގައި ލޮލުގެ ބަލިތަކަށް ފަރުވާދިނުމަށް ކުރިއަށް ގެންދިޔަ މެޑިކަލް ކޭމްޕު ނިންމާލައިފި އެވެ.

މި ކޭމްޕަކީ މަހަލްދީބު ފައުންޑޭޝަނާއި ޕާކިސްތާނުގެ ފީމާސޭވްވިޝަންއާއި ސަޢުދީ ޢަރަބިއްޔާގެ އިންޓަނޭޝަނަލް އިސްލާމިކް ރިލީފް އޯރގަނައިޒޭޝަންއަދިމިނިސްޓްރީ އޮފް ހެލްތާއި ގުޅިގެން ޖެނުއަރީމަހުގެ 4 ން 8 އަށް ލޮލުގެ ބަލިތަކަށް ފަރުވާދިނުމަށް ކުރިއަށް ގެންދިޔަ ކޭމްޕެއް ކަމަށާއި މި ކޭމްޕް ހިންގާފައި ވަނީ ހުލޫމާލެ ހޮސްޕިޓަލުގައާއި އައި.ޖީ.އެމް. ހޮސްޕިޓަލުގައި ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

މަހަލްދީބު ފައުންޑޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މެޑިކަލް ކޭމްޕްގެ ތެރެއިން -- ފޮޓޯ: މަހަލްދީބު ފައުންޑޭޝަން
މަހަލްދީބު ފައުންޑޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މެޑިކަލް ކޭމްޕްގެ ތެރެއިން — ފޮޓޯ: މަހަލްދީބު ފައުންޑޭޝަން

މިނިސްޓްރީން ބުނީ މިކޭމްޕް މިމަހުގެ 8 ވަނަ ދުވަހު ނިމިގެން ދިޔައިރު ޖުމްލަ 888 މީހުންނަށް ވަނީ ފަރުވާދެވިފައިވާކަމަށެވެ. މީގެ ތެރެއިން 36 މީހެއްގެ ލޮލުގެ އެކިކަހަލަ އޮޕަރޭޝަންތައް ކުރެވިފައިވާއިރު 316 މީހަކަށް އައިނު ނަންބަރުވަނީ ނަގާދެވިފައި ވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މަހަލްދީބު ފައުންޑޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މެޑިކަލް ކޭމްޕްގެ ތެރެއިން -- ފޮޓޯ: މަހަލްދީބު ފައުންޑޭޝަން
މަހަލްދީބު ފައުންޑޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މެޑިކަލް ކޭމްޕްގެ ތެރެއިން — ފޮޓޯ: މަހަލްދީބު ފައުންޑޭޝަން

މިނިސްޓްރީން އިތުރަށް ބުނީ މިކޭމްޕްގައި ފަރުވާ ދިނުމަށް ސައުދީ ޢަރަބިއްޔާ އާއި ޕާކިސްތާނުގެ ލޮލުގެ ބަލިތަކާއި ގުޅޭ ތަޖުރިބާކާރު ސުޕެޝަލިސްޓުންވަނީ ހަރަކާތްތެރިވި ކަމަށާއި އަދި ކޭމްޕްގެ ފަރާތުން ބޭސް ދޫކޮށްފައިވަނީ މުޅިން ހިލޭ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *