އިލްމުވެރިންވަނީ އެބޭފުޅުންގެ ވާޖިބު އަދާކުރައްވާފައި، ފުރައްސާރަކުރަންޖެހޭ ސަބަބެއް ނެތް: އިސްލާމިކް މިނިސްޓަރު

އިލްމުވެރިންވަނީ އެބޭފުޅުންގެ ވާޖިބު އަދާކުރައްވާފައި ކަމަށާއި އަދި އިލްމުވެރިންނާ ދިމާލަށް ފުރައްސާރަކުރަންޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ. މިނިސްޓަރު މިހެން ޓްވީޓް ކުރައްވާފައި މިވަނީ މިހާރު މާލޭގައި ކުރިއަށްދާ ޝޯއާ ދިމާކޮށް މިނިސްޓަރަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވަނިކޮށެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން މިނިސްޓަރު ތިން ޓްވީޓެއް ކުރައްވާފައިވާއިރު އެއް ޓްވީޓްގައި ބުނެފައިވަނީ އިސްލާމިކް މިނިސްޓްރީން އެ މިނިސްޓްރީގެ ވާޖިބު އަދާކުރުމުގައި ދެމިތިބޭނެ ކަމަށާއި ދަރުސްތައް އިތުރު ކުރާނެ ކަމަށެވެ. އަދި ހެޔޮކަންކަމަށް ބާރު އަޅާނެ ކަމަށެވެ.

ތިންވަނަ ޓްވީޓްގައި ވިދާޅުވެފައިވަނީ އިސްލާމީ ސަގާފަތާއި އަގީދާ ދިރުވަން ގިނަގުނަ މަސައްކަތްތަކެއް ކެތްތެރިކަމާއެކު ކުރަން ޖެހޭކަން ވަރަށް ބޮޑަށް ސާފު ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *