ކަންނެލި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ގއ.ގެމަނަފުށީ ދޯންޏެއްކަމަށްވާ ”ނޫރާނީ 06“ ގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރޭ 23:50 ހާއިރު އެމްއާރުސީސީއަށް މި ދޯނީގެ ވެރިފަރާތުން ކުރި ރިޕޯޓަކާ ގުޅިގެން މި ދޯންޏާއި ބެހޭ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އާއި ވަނީ ޙިއްސާކޮށް ދޯނީގައި ބޭނުންކުރާ ސެޓެލައިޓް ފޯނާއި ގުޅޭތޯ މަސައްކަތްކޮށްފައިވާކަމަށެވެ. އަދި ދޯންޏާއި އެންމެ ފަހުން ގުޅުނު އިރު އޮތް ދިމާލުގައި ހިމެނޭ ރަށްތަކުގެ ރަށު ކައުންސިލުތަކާއި މި ދޯންޏާއި ބެހޭ މަޢުލޫމާތު ޙިއްސާ ކޮށްފައި ވާކަމަށެވެ.

ގއ. ގެމަނަފުށި ދޯންޏެއްކަމަށްވާ ނޫރާނީ 06 އާއި ދޯނީގެ ވެރިފަރާތާއި އެންމެ ފަހުން ގުޅިފައި ވަނީ މިމަހު 06 ވަނަ ދުވަހު 2030 ހާއިރު ކޫއްޑޫއަށް މަސް ކިރުމަށްފަހު ފުރައިގެން ދަމުންކަމަށާއި އޭގެ ފަހުން މި ދޯންޏާއި މިހާތަނަށް ގުޅިފައި ނުވާކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމަށާއި ޚަބަރެއް ނުވެގެން ހޯދަމުންދާ ނޫރާނީ 06 ދޯނީގައި ޖުމްލަ 22 ފިރިހެނުން ތިބިކަމަށާއި މި ދޯންޏަކީ ދިގުމިނުގައި 100 ފޫޓު ހުރި ދޯންޏެއްކަމަށްވެސް ދޯނީގެ ވެރިފަރާތުން މަޢުލޫމާތުދޭކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށްބުނީ މި ދޯންޏާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދޭ ކަމަށެވެ. އަދި ފެކްސް ކުރައްވާނަމަ 3391665 މިނަމްބަރު ފެކްސްއަށް ފެކްސް ކުރަން އެދޭ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *