އެމްޑިޕީން ބޭއްވި ޖަލްސާއެއް - އެ ޕާޓީން ވަނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރން ުށަހަޅާފައިވާ ބަޖެޓަށް ވަރަށް ބޮޑަށް ފާޑު ކިޔާފައި
އެމްޑިޕީން ބޭއްވި ޖަލްސާއެއް - އެ ޕާޓީން ވަނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރން ުށަހަޅާފައިވާ ބަޖެޓަށް ވަރަށް ބޮޑަށް ފާޑު ކިޔާފައި

އަންނައަހަރުގެ ބަޖެޓަކީ ޕީޕީއެމްގެ މެނިފެސްޓޯއާއި ގުޅޭ ބަޖެޓެއް ނޫން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާއި ޕީޕީއެމްގެ މެނިފެސްޓޯއާއި އެއްވެސް ގުޅުމެއް ނެތް ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވައިސް ޗެއާ ޕާސަން އަލީ ނިޔާޒު ވިދާޅު އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 24 ބިލިއަން ރުފިޔާގެ ބަޖެޓަކީ ޕީޕީއެމްގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ހުށަހަޅާފައިވާ ބަޖެޓެއް ނޫންކަމަށާއި، އޭގެން ރައްޔިތުންނަށްވެސް ކުރާނެ ފައިދާއެއް ނެތް ކަމަށެވެ.

ނިޔާޒު ވިދާޅުވީ އެމްޑީޕީން ހުށަހެޅީ ޕްރޮގްރާމް ބަޖެޓުތަކެއް ކަމަށާއި އެހެން ނަމަވެސް ޕީޕީއެމްއިން ހުށަހަޅާފައިވަނީ ޕްރޮގްރާމް ބަޖެޓެއް ނޫން ކަމަށެވެ.

ރައީސް ޔާމިންގެ ރިޔާސީ ކެމްޕެއިންގައި ވައުދުވެވަޑައިގެންފައިވާ ކަންތައްތައް ފުއްދުމަށް ބަޖެޓުގައި އެއްވެސް ވަރަކަށް ފައިސާ ހިމާނަފައި ނުވާކަންވެސް އެ ޕާޓީން ފާހަގަ ކުރި އެވެ. އެގޮތުން ވަޒީފާގެ ފުރުސަތުތަކާއި ބެޔަސް ނުބެޔަސް ސްކީމާއި ދަނޑުވެރިންނަށް ދޭން ބުނެފައިވާ ލޯނާއި، އަލަތު ކައިވެންޏަށް ހޯދައިދޭން ބުނެފައިވާ ބޯހިޔާވަހިކަމުގެ އެއްވެސް ވާހަކައެއް ބަޖެޓުގައި ފާހަގަ ކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *