ހއ. މުރައިދޫ ކައުންސިލްގެ ރައީސްމުހައްމަދު އާރިފް އަބްދުލް ހަކީމު ކައުންސިލު މެންބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
އާރިފަކީ އަދާލަތު ޕާޓީގެ ފަރާތުން ކައުންސިލްގައި ހިމެނިވަޑައިގެންނަވާ ކައުންސިލަރެކެވެ.
މުރައިދޫ ކައުންސިލުން ބުނީ އާރިފް ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދީފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ވަގުތެއްގައި ކަަމަށާއި އޭނަގެ އިސްތިއުފާ ސިޓީ ކައުންސިލް އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެރަށު ކައުންސިލުން ބުނީ އާރިފް ވަޒީފާއިން ވަކިވީ ކިޔެވުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށް އޭނާ ފޮނުއްވި އިސްތިއުފާ ސިޓީގައި ބުނެފައިވެ އެވެ.
މުރައިދޫ ކައުންސިލްގެ ރައީސްކަން އާރިފަށް ިމުރައިދޫގެ ކައުންސިލްގެ ރައީސްކަން ލިބުނީ 17 ފަހަރަށް ވޯޓުލައިގެންނެވެ. މުރައިދޫ ކައުންސިލުގެ ރައީސަކު ހޮވަން 17 ފަހަރު ވޯޓުލާފައިވަނީ ކޮންމެ ފަހަރަކު ވެސް ވޯޓު އެއްވަރުވާތީއެވެ. އާރިފް މުރާދޫ ކައުސިލްގެ ރައީސް ކަމުން އިސްތިއުފާ ދިނުމުން އެ ކައުންސިލުގައި މިހާރު ތިއްބަވަނީ ޕީޕީއެމްގެ ދެ މެންބަރަކާއި އިދިކޮޅު އެމްޑީޕީގެ ދެ މެންބަރުންނެވެ.