މާފުށީ ގެއެއް ބަލައިފާސްކޮށް މަސްތުވާ ތަކެއްތި ކަމަށް ޝައްކު ކުރެވޭ ތައެއްޗާއި އެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއްގެ އިތުރުން 19 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.
ފުލުހުން ބުނީ މި ހަތަރު މީހުން ހައްޔަރު ކުރީ ފުލުހުންގެ އިންޓެލެޖެންސަށް ލިބުނު މައުލޫމަތަކާއި ގުޅީގެން ކޯތު އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.
މި މީހުންގެ މުއްދަތު ޖަހަން މާފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން މި ހަތަރު މީހުންގެ ތެރޭގައި ހިމެނޭ 19 އަހަރުގެ ދެމީހުންގެ ތެރެއިން އެކަކަށް 7 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އަނެއް މީހާއަށް 10 ދުވަހުގެ މުއްދަތަކެއް ވަނީ ޖަހައިދީފައި އެވެ. އަދި 21 އަހަރުގެ މީހާއާއި 18 އަހަރުގެ އަހަރުގެ މީހާއަށްވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން އެ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި ކޮޓަރި އެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 02 ސެލޯފިން ކޮޅާއި މަސްތުވާތަކެތި ބޭނުން ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި ބަނގުރާ ހުސްކުރި ފުޅިތަކެއް ފެނިފައިވެއެވެ.