ސްކޫލް ދަރިވަރުންތަކެއް - އެޑިއުކޭޝަން މިނިސްޓްރީން ދަނީ އާ މަންހަޖަށް ކިޔަވައިދޭން ފެށުމަށް ާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން -- ދުވަސް ފައިލް ފޮޓޯ
ސްކޫލް ދަރިވަރުންތަކެއް - އެޑިއުކޭޝަން މިނިސްޓްރީން ދަނީ އާ މަންހަޖަށް ކިޔަވައިދޭން ފެށުމަށް ާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން -- ދުވަސް ފައިލް ފޮޓޯ

އާ މަންހަޖަށް ވާންޖެހޭ ތައްޔާރީތައް ނިމެނީ

އަންނަ ދިރާސީ އަހަރާއި އެކު ފަށާ އާ މަންހަޖަށް ކިޔަވައިދިނުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިމަހުގެ ނިޔަލަށް ނިމެނޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ  އާދަމް ޝަރީފް ވިދާޅުވީ މިހާރު ކުރިޔަށް ދަނީ ބެލެނިވެރިންނަށް މަންހަޖާއި ގުޅޭގޮތުން މައުލޫމާތުދީ ހިޔާލު ބަދަލު ކުރުން ކަމަށާއި އެކަން މިމަހުގެ 19 އަށް ނިންމާލެވޭނެ ކަމަށެވެ. އެގޮތުން މިހާރު އަތޮޅު ތެރޭގެ ހުރިހާ ސްކޫލަކަށް ޓީމްތައް ފޮނުވައިގެން މައުލޫމާތު ދީ ނިމިފައިވާ ކަމަށާއި، މާލޭގައި މައުލޫމާތު ނުދެވެނީ ގާޒީ ސްކޫލާ، ދަރުމަވަންތަ ސްކޫލްގެ އިތުރުން އަރަބިއްޔާ ސްކޫލްގައި ކަމަށެވެ.

އޭނާ ވިދާޅުވީ އާ މަންހަޖަށް ތައްޔާރުވުމުގެ ގޮތުން ޓީޗަރުންނަށް ދޭންޖެހޭ މައުލޫމާތުތައް ދީފައިވާ ކަމަށެވެ. އަދި މަންހަޖު ތަންފީޒު ކުރުމަށް ސްކޫލްތަކުގެ މެނޭޖްމެންޓަށްވެސް ގިނަ ތަމްރީން ތަކެއް ދެވިފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

”އަޅުގަނޑުމެން މިދަނީ މަންހަޖު ތަންފީޒު ކުރުމުގެ ކުރިން ނިންމަންޖެހޭ ކަންކަމުގެ ފަހުގެ މަރުހަލާގައި ހުރި ކަންތައްތައް ކުރަމުން. މިހާރު ކުރިޔަށް ދަނީ ބެލެނިވެރިންނަށް މައުލޫމާތު ދިނުން. މި ބައްދަލުވުންތައް ވަރަށް ކާމިޔާބު. ހުރިހާ ބެލެނިވެރިންނަށް ބޭނުންވަރަކަށް ސުވާލު ކުރުމުގެ ފުރުސަތު ދީގެން ކުރިޔަށް ގެންދާތި އޮޅުންފިލުވަން ބޭނުންވާ ހުރިހާ މައުލޫމާތެއް ދަނީ ފޯރުކޮށްދެމުން،“ އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަސައްކަތަށްފަހު ދެން މަންހަޖަށް ޓީޗަރުން އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދާނީ އަންނަ އަހަރުގެ ދިރާސީ އަހަރު ފެށުމުން ކަމަށެވެ.
ތައުލީމީ ދާއިރާގައި އަންނަ އަހަރު އަމަލު ކުރަން ފަށާ އާ މަންހަޖާއި އެކު ގިނަ ކަންތައްތަކެއް ބަދަލު ވެގެންދާނެ އެވެ. އޭގެ ތެރޭގައި އަންނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ގްރޭޑް އެކަކުން ފެށިގެން 12 އަށް މިވޭތުވެ ދިޔަ ތަނުގައި ކިޔަވައިދިނުމަށް ބޭނުންކޮށްފައިވާ ޓެކްސްޓް ފޮތްތައް ބަދަލު ވެގެންދާނެ  އެވެ.

މިހާރު ރާޢްޖޭގައި ކިޔަވައިދިނުމުގައި ގެންގުޅޭ ވައްޓަފާޅި ކަމަށްވާ ގިނަ ވަގުތު ކްލާހުގައި ތިބެގެން ކިޔަވައިދިނުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އެޑިއުޚޭޝަނުން ބުނެ އެވެ.

އަންނަ އަހަރު އާ މަންހަޖު ތަންފީޒު ކުރުމަށް ހަމަޖެހިފައިވަނީ ޕްރީ ސްކޫލިން ފެށިގެން ގްރޭޑް އަށަކާއި ހަމައަށެވެ. އާ މަންހަޖު އެކުލަވާލުމުގެ މަސައްކަތް ފަށާފައިވަނީ 2006 ވަނަ އަހަރު އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *