ފޮޓޯ: ޕީޕީއެމް
ފޮޓޯ: ޕީޕީއެމް

ކޮނޑޭ ކައުންސިލްގެ ތިން މެމްބަރަކު ޕީޕީއެމަށް ސޮއިކޮށްފި

ކޮނޑޭ ކައުންސިލްގައި މިހާރު ތިބި ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރުން ޕީޕީއެމަށް މިއަދު ސޮއި ކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް  އަބްދުލް އަލީމް ވިދާޅުވީ ކޮނޑޭ ކައުންސިލްގައި ތިއްބެވި އަމިއްލަ ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު މިއަދު ޕީޕީއެމަށް ސޮއިކޮށްފައިވާކަމަށާއި ބާކީ ހުރި މެމްބަރުވެސް މާލެ އައިސް ސޮއި ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

”މިއަދު 5:30 ގައި ސޮއި ކުރީ ތިން މެމްބަރުން، އަނެއް މެމްބަރު ސޮއި ކުރާނެ މާލެ އައިސް، އޮންނަ ރަސްމިއްޔާތެއްގައި“ އަލީމް ވިދާޅުވި އެވެ.

ކޮނޑޭ ކައުންސިލްގެ މެމްބަރުންގެ ތެރެއިން ޕީޕީއެމަށް މިއަދު ސޮއި ކުރެއްވި މެމްބަރުންނަކީ މުރުތަލާ ސަލީމާއި ޔުމްނާ ގާސިމާއި މުހައްމަދު އިބްރާހިމްއެވެ.

ކޮނޑޭ ކައުންސިލްގައި މިވަގުތު ހަތަރު މެމްބަރުން ތިއްބަވާއިރު ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަން ޑިސެމްބަރު 20 ވަނަ ދުވަހު ބާއްވާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *