މަޖިލީހުގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު -  -- ފޮޓޯ: މަޖިލީސް
މަޖިލީހުގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު - -- ފޮޓޯ: މަޖިލީސް

އެމްޑީޕީން ވަކިކުރި މައްސަލަ ރީކޯ މޫސަ އިސްތިއުނާފު ކުރައްވައިފި

ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އެމްޑީޕީން ވަކިކުރަން އެ ޕާޓީން ނިނމާފައިވާ ނިންމުން އޭނާ މިއަދު އިސްތިއުނާފް ކުރައްވައިފި އެވެ.

އެ ނިންމުން އިސްތިއުނާފުކޮށްދިނުމަށް އެދި އެ ޕާޓީގެ ޗެއާޕާސަން އަލީ ވަޙީދަށް މޫސަ ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުން ގަބޫލު ނުކުރެވޭ ކަމަށާއި އޭނާ އާއި މެދު އަމަލު ކޮށްފައިވަނީ ބޭ އިންސާފުން ކަމަށެވެ. މޫސަ ވިދާޅުވީ އޭނާ އާއި މެދުވެސް އަމަލު ކުރަން ޖެހޭނީ އެދުވަހު ވޯތުގައި ބައިވެރި ނުވި އެހެން މެންބަރުންނާއި މެދު އަމަލު ކުރި ގޮތަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު އެމްޑީޕީން ވަކި ކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ  މިދިޔަ މަހު 22 ގައި ފާސްކުރީ، އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރަން ރައްޔިތުން މަޖިލީހުން ވޯޓު ލީ ދުވަހު މަޖިލީހަށް ވަޑައިނުގެންނެވުމުންނެވެ. އެދުވަހު އެމްޑީޕީގެ ހަ މެންބަރަކު ވޯޓުގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެ އެވެ. އެހެން ނަމަވެސް އެފަދަ ފިޔަވަޅެއް އެޅީ މޫސައާއި ދެކޮޅަށް އެކަންޏެވެ.

މޫސަ ވިދާޅުވެފައިވަނީ އެމްޑީޕީގެ ގުނަންތަކުން ބަލަން ޖެހޭ ކަންކަން ރަނގަޅަށް ނުބަލާ، އޭނާ ފަދަ ”ޕާޓީ އަށްޓަކައި ތެދުވެރިކަމާ އެކު މަސައްކަތްކުރަމުންދާ“ ބޭފުޅަކު ޕާޓީން ވަކިކުރީ، އާއްމުންގެ މެދުގައި އޭނާ ފަލީހަތް ކުރުމަށް ކަމަށެވެ.

”ޕާޓީގެ ލީޑަޝިޕްގައި ހިމެނޭ ވަކި ބަޔަކު ޒާތީ ގޮތުން އަޅުގަނޑާ ދޭތެރޭ ކަންތައްތަކެއް ކުރުމަށް ރާވައިގެން ހިންގާފައިވާ ކަމެއް އެއީ،“ މޫސަ  އަލީ ވަހީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ޕާޓީން ވަކިކުރުމުގެ އިތުރަށް، މޫސައާ ދެކޮޅަށް ހަރުކަށި އެހެން ފިޔަވަޅުތަކެއް އަޅަން ވެސް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި، އެމްޑީޕީއާ އަލުން މޫސަ ގުޅިވަޑައިގަންނަވާ ނަމަ އިތުރު 50 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅުމާއި ސޮއިކުރާ ތާރީހުން ފެށިގެން ފަސް އަހަރު ވަންދެން، އެ ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއް އަދި ޕްރައިމަރީއެއްގައި ވާދަނުކުރެއްވުން ހިމެނެ އެވެ.

މިފަދަ ފިޔަވަޅުތަކެއް މޫސައާއި ދެކޮޅަށް އަޅަން އެމްޑީޕީން ނިންމާފައިވާއިރު އޭނާ ވަނީ އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައި އެވެ. އެކަމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިފައި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *