މިހާރު ސާބިތުވަނީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވާ މިންވަރު: އެމްޑީޕީ

ރައީސް ޔާމީންގެ ފެކްޝަނުން އެދުނުގޮތަށް އެ ފެކްޝަނަށްޓަކައި ކޯޓުން ވަކި މުއްދަތެއް ނެތްގޮތަށް ރީރަޖިސްޓްރީކުރުމުގެ މުއްދަތު ފަސްކޮށް ވަގުތީ އަމުރެއް ނެރެ، އިންތިޚާބު ލަސްކުރާކުރުމުން ސާބިތުވަނީ ސަރުކާރުން އިންތިޚާބަށް ނުފޫޒުފޯރުވާ މިންވަރު ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީ އިން ބުނެފި އެވެ.

އެމްޑީޕީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާރޓީ އޮފް ދަ މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މުޝްތަޝާރު ޢަބްދުﷲ ޔާމިންގެ ފެކްޝަނުން ޤާނޫނު އަސާސީއާ ޚިލާފަށް މުވައްސަސާތަކާއި ކޯޓުތައް މެދުވެރިކޮށް ޢާންމު އިންތިޚާބުތަކުގެ ސައްޙަކަން ގެއްލުވާލުމުގެ ސިލްސިލާއަށް އަލުން ބޮޅެއް އިތުރުކޮށް، ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ތާރީޚުތަކަށް ޤާނޫނާ ޚިލާފަށް ބަދަލުގެނެސް ލަސްކޮށް، ވޯޓުލުމުގެ ޙައްޤު ނަގާލައި ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލަމުންދާ ދިއުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

” 2013  ވަނަ އަހަރު ސައްޙަގޮތުގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ނަތީޖާތައް ކޯޓު މެދުވެރިކޮށް ބާތިލުކޮށް މުޅި އިންތިޚާބުގެ ސައްޙަކަން ގެއްލުވާލައި، ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލުމަށްފަހު، ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ތާރީޚުތަކަށް މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ވެސް ޤާނޫނާ ޚިލާފަށް އެކިއެކި ބަދަލުތައް ގެނައުމަށްފަހު، އެވަރުން ނުފުދިގެން ކޯޓުގެ މެދުވެރިކޮށް އިންތިޚާބު ލަސްކުރުމުގެ ބޮޑު ޖަރީމާ، ޕީ.ޕީ.އެމް ގެ ޢަބްދުﷲ ޔާމިންގެ ފެކްޝަނުން ހިންގައި ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަން” އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެމް.ޑީ.ޕީ އާއި އަދާލަތު ޕާރޓީން ކައުންސިލުތަކުގެ އިންތިޚާބުގެ ޕްރައިމެރީތައް ބާއްވައި، ކެންޑިޑޭޓުން ހޮވައި، ތައްޔާރުވެފައިވާއިރު، ޕީ.ޕީ.އެމް ގެ ޢަބްދުﷲ ޔާމިންގެ ފެކްޝަނުން މި އިންތިޚާބަށް ތައްޔާރުވެވިފައި ނުވުމުގެ ސަބަބުން އެ ފެކްޝަނުން އެދުނުގޮތަށް އެ ފެކްޝަނަށްޓަކައި ކޯޓުން ވަކި މުއްދަތެއް ނެތްގޮތަށް ރީރަޖިސްޓްރީކުރުމުގެ މުއްދަތު ފަސްކޮށް ވަގުތީ އަމުރެއް ނެރެ، އިންތިޚާބު ލަސްކުރާކުރުމުން ސާބިތުވަނީ ސަރުކާރުން އިންތިޚާބަށް ނުފޫޒުފޯރުވާ މިންވަރު ކަމަށާއި އަދި މިކަމަކީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރު ހިންގާ ޕީ.ޕީ.އެމްގެ ޢަބްދުﷲ ޔާމިންގެ ފެކްޝަނުން ކޯޓުތައް ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ހެއްކެއް ކަމަށެވެ. ހަމައެފަދައިން މިކަމަކީ ޑިމޮކްރެޓިކް ނިޒާމު އެއްކޮށް ހަލާކުވެ، އިންތިޚާބުތަކާއި މުވައްސަސާތަކުގެ އިތުބާރާއި ސައްޙަކަން ރައްޔިތުންގެ ކުރިމަތީގައި އިތުރަށް ގެއްލިގެންދާނޭ ބޮޑު ޖަރީމާއެއް ކަމަށެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.