އެމްއެމްއޭއިން ޑޮލަރު ވިއްކަންފެށި ފުރަތަމަ ދެ ދުވަހުގެ ތެރޭގައި 1.3 މިލިއަން ޑޮލަރު ވިއްކާފައިވޭ -- ފޮޓޯ: އެމްއެމްއޭ
އެމްއެމްއޭއިން ޑޮލަރު ވިއްކަންފެށި ފުރަތަމަ ދެ ދުވަހުގެ ތެރޭގައި 1.3 މިލިއަން ޑޮލަރު ވިއްކާފައިވޭ -- ފޮޓޯ: އެމްއެމްއޭ

ފުރަތަމަ ދެ ދުވަހު އެމްއެމްއޭއިން 1.3 މިލިއަން ޑޮލަރު ވިއްކައިފި

ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ދިމާވެފައިޥާ ޑޮލަރު ހޯދުމުގެ ދަތިކަން ހައްލުކޮށްދިނުމަށް އެމްއެމްއޭއިން ޑޮލަރު ވިއްކަން ފަށައި ފުރަތަމަ ދެ ދުވަސްތެރޭ ޖުމްލަ 1.3 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފި އެވެ.

އެމްއެމްއޭއިން ޑޮލަރު ވިއްކާނީ އިއްޔެއިން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެމްއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތަކުގައި ބުނެފައިވަނީ އިއްޔެ 535 މީހުންނަށް 1،629 ޓިކެޓަށް ޖުމްލަ 802،125 ޑޮލަރު ވިއްކައިފައި ވާ ކަމަށެވެ. އަދި މިއަދު  381 މީހުންނަށް 1،057 ޓިކެޓަށް  527،650 ޑޮލަރު ވިއްކި ކަމަށެވެ.

އެމްއެމްއޭއިން ބުނެފައިވަނީ ޖެނުއަރީ ހަތް ވަނަ ދުވަހގެ ފަހުން ޑޮލަރު ވިއްކާނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓު އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ބީއެމްއެލް މެދުވެރިކޮށް ކަމަށެވެ. އަދި އެތަންތަނުން ޑޮލަރު ވިއްކާނެ އުސޫލުތައް އެ ބޭންކުން އާންމު ކުރާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީން ޑޮލަރު ވިއްކާ މުއްދަތުގައި ކޮންމެ ދުވަހަކު އެކަކަށް ގިނަވެގެން ފަސް ޓިކެޓަށް ވާވަރަށް ކޮންމެ ޓިކެޓަކަށް ގިނަވެގެން 500 ޑޮލަރު ވިއްކާނެ ކަމަށެވެ. އެމްއެމްއޭއިން ޑޮލަރު ވިއްކާނީ ފުރާ މީހުންގެ ތެރެއިން މީހަކަށް ކަމަށާއި އެމީހަކު ދާންވާނީ ޑޮލަރު ގަންނަން ބޭނުންވާ ފަރާތްތަކުގެ ޕާސްޕޯޓާއި ޓިކެޓު ހިފައިގެން ކަމަށެވެ.

އެމްއެމްއޭއިން ޑޮލަރު ވިއްކާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި އެވެ. ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވަނީ ގަންނަ ދާ ދުވަހުގެ ކުރިޔަށް އޮންނަ ހަތް ދުވަސް ތެރޭ ފުރާ މީހުންނަށެވެ.

ދެ މަރުހަލާއަކަށް ބަހާލައިގެން ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވާއިރު ޕާސްޕޯޓާއި ޓިކެޓު ޗެކު ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން އިރުއޮއްސި 06:00 އަށެވެ. އަދި ޗެކް ކުރުމަށް ފަހު ދޫކުރެވޭ ސްލިޕަށް ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހަވީރު 04:00 ން ފެށިގެން ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ޑޮލަރު ގަތުމަށް ފައިސާ ބީއެމްއެލް ޑެބިޓު ކާޑުންވެސް ދެއްކެ އެވެ.

އެމްއެމްއޭއިން ބުނީ އެ ދުވަހު ސްލިޕް ހަވާލު ކުރެވޭ އެންމެންނަށް އެ ދުވަހަކު ޑޮލަރު ވިއްކާ ނިންމާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.