ބަނޑޮސް އައިލެންޑް ރިސޯޓޫ - މިއަހަރު ޓްރެވްލ އެވޯޑުގައި އެންމެ ގިނަ އެވޯޑު ހާސިލް ކުރީ ބަނޑޮހުން --
ބަނޑޮސް އައިލެންޑް ރިސޯޓޫ - މިއަހަރު ޓްރެވްލ އެވޯޑުގައި އެންމެ ގިނަ އެވޯޑު ހާސިލް ކުރީ ބަނޑޮހުން --

މޯލްޑިވްސް ޓްރެވަލް އެވޯޑުގެ އެންމެ ގިނަ އެވޯޑު ބަނޑޮހަށް!

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އެންމެ ގިނަ އެވޯޑު ބަނޑޮސް އައިލެންޑް ރިސޯޓުން ހޯދައިފި އެވެ.

ރޭ އޮޅުވެލި ރިސޯޓުގައި ބޭއްވި ޓެރެވަލް އެވޯޑްސްގެ ގާލާ ނައިޓުގައި ބަނޑޮހުން ވަނީ ނޮމިނޭޓްވި ހަތަރު އެވޯޑު ހޯދައިފަ އެވެ. އެއީ ލީޑިން ފެމިލީ ރިސޯޓުގެ އެވޯޑާއި، ލީޑިން ޑައިވް ރިސޯޓުގެ އެވޯޑާއި، ލީޑިން މީޓިން އެންޑް ކޮންފަރެންސް ރިސޯޓުގެ އެވޯޑް އަދި ލީޑިން ލޯކަލް ހޮޓެލް/ރިސޯޓް ބްރޭންޑުގެ އެވޯޑެވެ.

ދެވަނައަށް އެންމެ ގިނަ އެވޯޑު ހޯދީ ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓެވެ. އެ ރިސޯޓުން ވަނީ މި އެވޯޑު ހަފްލާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު  ކަމަށްވާ ލީޑިން ލަގްޒަރީ ރިސޯޓުގެ އެވޯޑް ހާސިލްކޮށްފައި އެވެ.

ދެން އެ ރިސޯޓަށް ލިބިފައިވަނީ ލީޑިން އެފްއެންޑީ ރިސޯޓުގެ އެވޯޑާއި ލީޑިން އިންޓަނޭޝަނަލް ހޮޓެލް އެންޑް ރިސޯޓް ބްރޭންޑުގެ އެވޯޑެވެ. މި އެވޯޑުގައި 35 ކެޓަގަރީއަކުން އެވޯޑު ދީފައިވެ އެވެ.

ރޭގެ ހަފްލާގައި ލީޑިން ބީޗު ރިސޯޓުގެ އެވޯޑް އަނަންތަރާ ކިހާވަށް ވިލާސް އަށް ލިބުނު އިރު ލީޑިން ސާފް ރިސޯޓުގެ އެވޯޑް ލިބުނީ އަަނަންތާރާ ދިގު އަށެވެ. އަދި  ލީޑިން އޯލް އިންކްލޫސިވް ރިސޯޓުގެ އެވޯޑް ސަންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓަށް ލިބިފައިވާއިރު ލީޑިން އިކޯ ރިސޯޓުގެ އެވޯޑް ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާއަށް ލިބުނެވެ.

ލީޑިން ވެލްނެސް އެންޑް ސްޕާ ރިސޯޓުގެ އެވޯޑް ދަ ސަން ސިޔާމް އިރުފުށި ގެންދިޔަ އިރު ލީޑިން ސީއެސްއާރު ޕްރޮގްރާމް ހިންގާ ރިސޯޓަކަށް ހޮވިފައިވަނީ ސޮނޭވާ ފުށްޓެވެ. ލީޑިން ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ގޮތުގައި ހޮވުނީ އަދާރަން ޕްރެސްޓީޖް ވާދޫ އެވެ.

ލީޑިން ޕްރައިވެޓް އައިލެންޑުގެ އެވޯޑް އަދި ލީޑިން ޑިޒައިނާ ރިސޯޓުގެ އެވޯޑް ލިބުނީ ވެލާ ޕްރައިވެޓް އައިލެންޑަށެވެ.

ގެސްޓް ހައުސްތަކަށް ލިބުނު އެވޯޑުތަކުގެ ތެރެއިން އެންމެ ގިނަ އެވޯޑު ގެންދިޔައީ މާފުށިންނެވެ. މާފުށި ވަނީ ލީޑިން ގެސްޓް ހައުސް އައިލެންޑްގެ އެވޯޑު ހާސިލްކޮށްފައި އެވެ. ލީޑިން ޑައިވް ސެންޓަރުގެ އެވޯޑު ހޯދީ މާފުށި ޑައިވް އެވެ.

ލީޑިން އެއާޕޯޓް ސިޓީ ހޮޓެލްގެ އެވޯޑް އަދި ލީޑިން އެފްއެންޑްބީ އައުޓްލެޓް، ބާ/ރެސްޓޯރަންޓުގެ އެވޯޑު ލިބުނީ ހުޅުލޭ އައިލެންޑް ހޮޓަލަށެވެ.- ލީޑިން ގެސްޓްހައުސް އެވޯޑް އަދި ލީޑިން އިނޮވޭޝަން އިން ގެސްޓްހައުސް ޑިޒައިންގެ އެވޯޑް ލިބުނީ ލ. ގަމުގައި ހުންނަ ރިވަރީޒް ޑައިވިން ވިލެޖަށެވެ.

ލީޑިން ބިޒްނަސް ހޮޓަލުގެ އެވޯޑު ހޮޓެލް ޖެންއިން ގެންދިޔަ އިރު ލީޑިން ވެލްނެސް އެންޑް ސްޕާ ބްރޭންޑް/ޗެއިންގެ އެވޯޑް ލިބުނީ އަރާމު ސްޕާ އަށެވެ. އިތުރަށް ދީފައިވާ އެވޯޑުތަކުގެ ތެރެއިން ލީޑިން އެއާޕޯޓް ލައުންޖްގެ އެވޯޑު ޙާސިލް ކުރީ ލީލީ ލައުންޖް އިންނެވެ. އަދި ލީޑިން ޑޮމެސްޓިކް އެއާލައިންގެ އެވޯޑު ހާސިލް ކުރީ ފްލައިމީ އިންނެވެ.

މީގެ އިތުރުން އެންމެ ރަނގަޅު ސަފާރީއަކަށް ދޭ ލީޑިން ލިވަބޯޑުގެ އެވޯޑް ވޮޔޭޖަސް ގުރަހަލި އަށް ލިބުނު އިރު އެންމެ މަގުބޫލް ސަފާރީ ބްރޭންޑަކަށް ދޭ ލީޑިން ލިވަބޯޑް ބްރޭންޑުގެ އެވޯޑް ހޯދީ ކާޕެ ޑިއެމް މޯލްޑިވްސް އެވެ. ލީޑިން އެކްޓިވިޓީ ވޯޓާ ސްޕޯޓްސް ސެންޓަރުގެ އެވޯޑް ލިބުނީ އެކްޓިވް ވޯޓާ ސްޕޯޓްސް އަށެވެ.

މި އެވޯޑުތަކުގެ ތެރޭގައި މިއަހަރު މުޅީން އަލަށް ދޭން ފެށި ފަސް އެވޯޑެއް ހިމެނެ އެވެ. އެއީ ލީޑިން ސީއެސްއާރު ޕްރޮގްރާމްގެ އެވޯޑާއި ދޭ ލީޑިން ހިއުމަން ރިސޯސް މެނޭޖްމަންޓުގެ އެވޯޑާއި ލީޑިން ގެސްޓްހައުސް އައިލެންޑުގެ އެވޯޑާއި ލީޑިން އެފްއެންޑްބީ އައުޓްލެޓުގެ އެވޯޑް އަދި ލީޑިން އެއާޕޯޓް ލައުންޖުގެ އެވޯޑެކެވެ.

މިއަހަރު މޯލްޑިވްސް ޓްރެވަލް އެވޯޑުގައި އެވޯޑުދިން 35 ކެޓަގަރީއަށް 246 ފަރާތަކުން ކުރިމަތިލި އެވެ. މިއީ މި އެވޯޑުދޭ ފަސް ވަނަ އަހަރެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.