ރައީސް އަބްދުﷲ ޔާމީން - އެމަނިކުފާނުގެ ތާއީދާއި އެކު އެފްއޭއެމްގެ އިންތިހާބުގައި ވާދަ ކުރެއްވި ތޯރިގު ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައި -- ފޮޓޯ: ރައީސް އޮފީސް
ރައީސް އަބްދުﷲ ޔާމީން - އެމަނިކުފާނުގެ ތާއީދާއި އެކު އެފްއޭއެމްގެ އިންތިހާބުގައި ވާދަ ކުރެއްވި ތޯރިގު ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ވާދަ ކުރި ފުރަތަމަ ކެންޑިޑޭޓަށް މިވީ ކިހިނެތް؟

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބު އިއްޔެ ބާއްވައި ރައީސް ކަމަށް ބައްސާމް އަދީލް ޖަލީލް ވަނީ އިންތިހާބުކޮށްފައި އެވެ.

ދައްކަން މިއުޅެނީ އެ އިންތިހާބާއި ކުޅިވަރުގެ ވާހަކައެއް ނޫނެވެ. ބައްސާމް އާއި އެކު ދެން އެ އިންތިހާބުގައި ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގުގެ ވާހަކަ އެވެ. އެފްއޭއެމްގެ އިންތިހާބުގައި ތޯރިގު ވާދަ ކުރެއްވީ ގިނަ ކްލަބްތަކެއްގެ ތާއީދާއި އެކު އެވެ. އަދި ހާއްސަކޮށް ތޯރިގު ކެމްޕެއިން ދުވަސްވަރު ވިދާޅުވެފައިވަނީ އޭނާ އެފްއޭއެމްގެ އިންތިހާބުގައި ވާދަ ކުރެއްވީ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ތައީދާއި އެކު ކަމަށެވެ.

އަދި އެފްއޭއެމްގެ އިންތިހާބު ތޯރިގަށް ކާމިޔާބު ވެއްޖެ ނަމަ ފުޓުބޯޅާ ކުރި އެރުވުމަށް ސަރުކާރުގެ ތެރެއިން އެއްބާރުލުން ލިބޭނެ ކަމަށެވެ. އެކަމަކު އެ އެއްބާރުލުމާއި ތޯރިގުގެ ފަހަތުގައި ތިއްބެވި އިއްޒަތްތެރި ބޭފުޅުންގެ ތާއީދަށްވުރެ ކުޅިވަރުގެ ފަރާތްތަކުން ބޭނުންވީ ކުޅިވަރުގެ މީހެކެވެ. މިފަހަރު ބޭނުންވީ ސިޔާސީ މީހެއް ނޫނެވެ.

ވެރިކަން ކުރާ ޕީޕީއެމް ދެބައިވެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ ފެކްޝަނަކާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރާ ފެކްޝަނެއް އުފެދިފައިވާއިރު ރައިސް މައުމޫނަށް ތާއީދު ކުރާ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ ރައީސް ޔާމީނަށް، ކުރީގެ ރައީސް މައުމޫންގެ އެހީތެރިކަން ނުލިބި އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އެބަހަށް ރައްދުދީ ރައީސް ޔާމީނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ އެއްވެސް “މޫނަކާއި” ނުލާވެސް ރައީސް ޔާމީން ވާދަކުރައްވާ ކޮންމެ އިންތިހާބެއް ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ރައީސް ދާދިފަހުން އުތުރުގެ ދެ އަތޮޅަކަށް ކުރެއްވި ދަތުރުޅެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން ވޯޓު ދެނީ ވަކި މީހަކަށާއި މީޙުންގެ މޫނަށް ބަލައިގެން ނޫންކަމަށެވެ. ރައްޔިތުން ވޯޓު ދެނީ ގައުމަށް އަންނަ ތަރައްގީއަށް ބަލައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެފްއޭއެމްގެ އިންތިހާބަކީ މި މައްސަލަ ގަނޑުގެ ތެރޭގައި ރާއްޖޭގައި ބޭއްވުނު ފުރަތަމަ އިންތިހާބެވެ. ރައީސް ޔާމީންގެ ތާއީދާއި އެކު ވާދަ ކުރެއްވި ތޯރިގަށް އިންތިހާބު ކާމިޔާބު ކުރަން ތިން ވޯޓު މަދުވުމުން ރައީސް ޔާމީންގެ ޓީމު ބަލިވީ އެވެ. އެއީ ގައުމީ ފެންވަރުގެ އިންތިހާބެއް ނޫނެވެ. މާގިނަ ރައްޔިތުންތަކެއް ވޯޓުލީ އިންތިހާބެއް ނޫނެވެ. އެކަމަކު އެ އިންތިހާބުގެ ކެމްޕެއިންގައި ބޭނުން ކުރީ ސިޔާސީ އުކުޅުތަކެކެވެ.

އެފްއޭއެމްގެ އިންތިހާބުގެ ނަތީޖާއަށް ބަލައި ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބަށް ވާނެ ގޮތަކާއި މެދު ވިސްނާ މީހުން މަދެއް ނޫނެނެވެ. އަދި ކުރީގެ ރައީސް މައުމޫންގެ އެހީތެރިކަމާއި ނުލާ  ރައީސް ޔާމީންގެ ޓީމަށް އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ރައީސް ޔާމީންއަށް ތާއީދު އެބައޮތް ކަމަށް ބުނާ ފަރާތްތަކަށް އެފްއޭއެމްގެ އިންތިހާބަކީ ލިބުނު ކުޑަ މެސެޖަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

3 Responses

 1. ބައްސާމް އެއީ މޫން ތާއީދުކުރި ފަރާތްތޯ؟ އަޖައިބު ހީވޭ. ޔާމީން ވިދާޅުވިގޮތް އެވީ. މިހާރު މީހުން ވޯޓް ދެނީ މޫނަށް ބަލާފައެއް ނޫން.

 2. Haadha molhah khabaru genes dhevvaa fa ey miothee hithah araeve. Furathama kamakah Bassaam Adeel Jaleel e ee kaakukan mi khabaru genes dhevvi faraathah ingey baavayeve?
  Bassam e ee Yaameen ge ehbafaa dhatha moominaa ah maama vidhaalhu vaa beyfulhekeve. Moominaa e ee Maumoon ge ehbandu ehbafaa kokko fulheve.

  Olhuvaalan khabaru hedhiyas meedhen boduvareve. Raees Yaameen Thoriq ah thaeedh eh nukuravva eve.
  Raees ofeehuge minister Zuhair kurehvi thaaeedheh kurevvee!

  Raees Yaameen mihaathanah Inthikhaabehga vaadha kurehviyas adhi thaaeedhu kurehviyas, Allah he rakhmathaa emanikfaanuge hikmath amaleen mihaathanah vaadha kurehvi hurihaa inthikhaabeh vanee kaamiyaabu kurahvvaafa! Thaareekhu ekamah hekidhey!
  Olhuvaaleveyneevea vaki bayakah. Kithamme varakah thi dhogu fethuriyas dhivehin thi hithah araahaa gamaareh noon!

  Yageen mi comment post kuraakah ves nukereyne!

 3. ޓޮމް އަދި ވަކި އެއްޗެއް ބުނި ކަމުގައިވިޔަސް ރައީސް ޔާމީން އެފް.އޭ.އެމް އިންތިޚާބުގައި އެއްވެސް ސިޔާސީ ސްޓޭންޑެއް ނުނަގާނެ ކަން ޔަގީން. ނަތީޖާ އިން އެކަން ސާބިތުވެސް ވޭ. ފިތުނަ އުފެއަދުމަށް ކުރެވޭ މަސައްކަތް މަސްލަހަތަށް ބެނުން ކުރެވޭ ނަމަ ހާދަ ރަގަޅެވެ. ތި ގޮތަށް އަދި ކިތައްމެ އެއްޗެއް ލިޔުނަސް ބައްސާމް އާއި ރައީސް އަދި ޓޮމް އާއި ރައީސް އޮންނަ ބަދަހި ގުޅުމަށް ބުރޫ އަރުވައި ނުލެވޭނެ.

ހިޔާލު ދެއްވާ!

Your email address will not be published.