ޕީޕީއެމް ރައީސް ޔާމީން ފެކްޝަނުގެ ބައްދަލުވުމެއް --ފޮޓޯ: އެމްޕީ ނިހާން
ޕީޕީއެމް ރައީސް ޔާމީން ފެކްޝަނުގެ ބައްދަލުވުމެއް --ފޮޓޯ: އެމްޕީ ނިހާން

ކައުންސިލް އިންތިހާބު ފަސްކުރަން ރައީސް ޔާމީން ފެކްޝަނުން ކޯޓަށް

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް ޕީޕީއެމްގެ މުޝްތަޝާރު ރައީސް އަބދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓުގައި އެދެފި އެވެ.

ހުރިހާ ކަމެއް ކޯތު މެދުވެރިކޮށް ކާމިޔާބު ކުރަމުން އަންނަ ރައީސް ޔާމީންގެ ފެކްޝަނުން މި މައްސަލަ ސިވިލް ކޯޓަށް ވައްދާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. މި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް އެ ކޯޓުގައި ވަނީ ތާވަލްކޮށްފައި އެވެ.

އެ ފެކްޝަނުން ކޯތަށް ވެއްދި މައްސަލައިގަ އެދިފައިވަނީ ކައުންސިލް އިންތިހާބު ދެ މަހަށް ފަސްކޮށްދިނުމަށެވެ.

އަދި ބުނެފައި ވަނީ، ޕީޕީއެމްގެ ހިންގުމުގައި ދިމާވި ދަތިތަކާ ހެދި، މިހާރު ކަނޑައަޅާފައިވާ ތާރީހަށް އިންތިހާބަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެވިފައި ނުވާ ކަމަށެވެ. މީގެއިތުރުން ޕާޓީގެ ޑޭޓާ ބޭސް އާއި އާއްމު މެމްބަރުންގެ ދަފްތަރު ވެސް ނެތުމާ އަދި އެހެން ވެސް މުހިއްމު ލިޔެކިޔުންތަކެއް ނެތް ކަމަށެވެ.

މައްސަލައިގަ ބުނެފައިވަނީ އެޕާޓިއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓިއަށް ވާއިރު  މި ހާލަތުގައި އިންތިހާބު ބާއްވައިފި ނަމަ އެ ޕާޓީ އަށް އިޔާދަނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.

ޕީޕިއެމްގެ އެތެރޭގައި އުފެދުނު މައްސަލަތަކާއި ގުޅިގެން ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ މެމްބަރުން އިންތިހާބުގައި ވާދަކުރަން ނިންމާފައި ވަނީ އަމިއްލަ ގޮތުންނެވެ.

މިކަން ހުއްޓުވުމަށް، ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ޕާޓީގެ ފަރާތުން ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކުން ވެސް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައި އެވެ. އެ ބިލުގެ ބަހުސް މާދަމާ މަޖިލީހުގައި ފަށާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މިހާރު ޕީޕީއެމްގެ އިދާރީ މަސައްކަތްތައް ރައީސް ޔާމީން ފެކްޝަނުން ދަރުބާރުގޭގައި ކުރަމުންދާއިރު ޕީޕީއެމް އޮފީހުގައި ހުރި ތަކެތި ނެފެފައިވަނީ އެ ސަރަހައްދަށް އެހެން ބަޔަކަށް ނުވަދެވޭގޮތަށް ފުލުހުން ސެކިއުރިޓީ ބަލަހައްޓައިގެންނެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.