އާދަމް ނަސީރު އިބްރާހިމް ހަނދާނީ ލިޔުން ބައްސަވާދެއްވަނީ- ފޮޓޯ: ޕޮލިސް މީޑިއާ
އާދަމް ނަސީރު އިބްރާހިމް ހަނދާނީ ލިޔުން ބައްސަވާދެއްވަނީ- ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުންނަށް ހިންގި 3 ޕްރޮގްރާމެއް ނިމި ދަސްވެނިވި ފަރާތްތަކަށް ހަނދާނީލިޔުން ދީފި

ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރ އިން ހިންގި ސޮފްޓް ސްކިލްސް ޓްރޭނިންގ 1، 2 އަދި ކާމިޔާބުކަމާއެކު ވާހަކަދެއްކުން 1 ވަނަ ޕްރޮގްރާމްނިމި ދަސްވެނިވިފަރާތްތަކަށް ހަނދާނީލިޔުންދީފިއެވެ.

ދޫނިދޫގައި ކުރިޔަށް ގެންދިޔަ ރަސްމިއްޔާތުގައި ހަނދާނީލިޔުން ބައްސަވާދެއްވީ މޯލްޑިވސް ޕޮލިސް ސާރވިސްގެ ރެޖިސްޓަރ ޑައިރެކްޓަރ ޖެނެރަލް އަލްއުސްތާޛު ޙަސަން ހަމީދު އާއި ދިވެހިބަހިގެ މާހިރެއްކަމުގައިވާ އާދަމް ނަސީރު އިބްރާހިމް އާއި ދިރާގުގެ ކަސްޓަމަރ ސާރވިސް މެނޭޖަރ މަސްޢޫދު ޢަލީއެވެ.

ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރއިން އިންތިޒާމުކޮށްގެން ހިއުމަން ރިސޯރސް ޑިޕާރޓްމަންޓް އަދި އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންޑްފޯރސްމަންޓް ސްޓަޑީޒްގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދިޔަ މި ތިން ޕްރޮގުރާމަކީ މޯލްޑިވސް ޕޮލިސް ސާރވިސްގެ މޫނުމަތިކަމުގައިވާ ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރގެ މުވައްޒަފުންނާއި ފްރޮންޓް ލައިންގައި މަސައްކަތްކުރަމުން އަންނަ ފުލުހުންގެ ޤާބިލްކަން އިތުރުކޮށް ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޕްރޮފެޝަނަލްކުރުމަށްޓަކައި ކުރިޔަށް ގެންދިޔަ ޕްރޮގުރާމްތަކެކެވެ.

ފޮތޯ: ޕޮލިސް މީޑިއާ
ފޮތޯ: ޕޮލިސް މީޑިއާ

މީގެއިތުރުން ވާހަކަ ދެއްކުމުގެ ހުނަރާއި މާދަރީ ބަހުގެ މުހިންމުކަމާއި މާދަރީ ބަހާމެދު ވެވޭ އިހުމާލުގެ ސަބަބުން މާދަރީ ބަހަށް ކުރާ އަސަރުތަކާއި ލިޔުންތެރިކަމުގެ ހުނަރުތައް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންވެސް މި ޕްރޮގުރާމްތަކުގައި މަޢުލޫމާތު ދީފައިވެއެވެ.

މި ތިން ޕްރޮގުރާމް މުޅިއަކު 72 ބައިވެރިޔަކު ވަނީ ފުރިހަމަކޮށްފައެވެ.

މި ތިން ޕްރޮގުރާމްގައި ބައިވެރިންނާ މައުލޫމާތު ހިއްސާކުރެއްވީ ދިވެހިބަހިގެ މާހިރެއްކަމުގައިވާ އާދަމް ނަސީރު އިބްރާހިމް އާއި ދިރާގުގެ ކަސްޓަމަރ ސާރވިސް މެނޭޖަރ މަސްޢޫދު ޢަލީއެވެ.

މި ރަސްމިއްޔާތުގައި އިންޓަގްރޭޓެޑް ސަރވިސަސް ކޮމާންޑްގެ ހެޑް އިސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދް އާއި އިންޓަގްރޭޓެޑް ސަރވިސަސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އާއި ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ޝަމީމް ބައިވެރިވެލެއްވިއެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.