ފުވާދު ވިދާޅުވީ ޕާޓީތަކުގެ ރެޖިސްޓްރީގައި މަސްއޫލުވެރިންގެ ނަން ނޯންނެ ކަމަށް -- ފޮޓޯ: ގޫގުލް
ފުވާދު ވިދާޅުވީ ޕާޓީތަކުގެ ރެޖިސްޓްރީގައި މަސްއޫލުވެރިންގެ ނަން ނޯންނެ ކަމަށް -- ފޮޓޯ: ގޫގުލް

އެއްވެސް ޕާޓީއެއްގެ ރެޖިސްޓްރީގައި މަސްއޫލުވެރިންގެ ނަމެއް ނޯންނާނެ: ފުވާދު

ސިޔާސީ ޕާޓީ ތަކުގެ ރަޖިސްޓްރީއެއްގައި މަސްއޫލުވެރިންގެ ނަން ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ފުއާދު މިހެން ވިދާޅުވެފައިވަނީ ޕީޕީއެމްއަށް އަލަށް ހައްދައިދިން އެޕާޓީގެ ރެޖިސްޓްރީގައި ޕާޓީގެ މަސްއޫލުވެރިންގެ ގޮތުގައި ތިން ބޭފުޅެއްގެ ނަން ހިމަނާފައިވާ މައްސަލާގައި ޓުވިޓާގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

ފުވާދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ރަޖިސްޓްރީގައި މަސްއޫލުވެރިންގެ ނަން ހިމަނައިގެން އާ ރެޖިސްޓްރީ ހަދައިދިނުން ފަދަ ކަންކަން ހިނގަން ފެށުމަކީ އެފަދަ މުއައްސަސާއަކާއި ދޭތެރޭ ރައްޔިތުންގެ ހިތްތަކުގައި އޮންނަންޖެހޭ އިތުބާރު ގެއްލިގެންދާކަމެއް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވަނީ ރައްޔިތުންގެ ހިތްތަކުގައި އެތަށް ސުވާލެއްވެސް އުފެދޭގޮތަށްކަމަށްވެސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ވިދާޅުވެފައި ވެއެވެ.

“އަޅުގަނޑު ހަނދާންވާގޮތުގައި އެއްވެސް ޕާޓީއެއްގެ ރެޖިސްޓްރީގައި މަސްއޫލުވެރިންގެ ނަމެއް ނޯންނާނެ،” ފުވާދު ވިދާޅުވެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާގައި ވަނީ ސިޔާސީ ޕާޓިތަކަށް ދޫކުރާ ރެޖިސްޓްރީ ފޯމެޓް ބަދަލުކޮށް ޕީޕީއެމްއަށް އާ ރެޖިސްޓްރީއެއް ހަދައިދީފައެވެ.

އީސީގެ މެންބަރު މުހައްމަދު ޝަކީލް ވިދާޅުވީ ޕީޕިއެމްއަށް އާ ރެޖިސްޓްރީއެއް ހަދައިދިނީ އެ ޕާޓީގެ ރެޖިސްޓްރީ ގެއްލިގެން ހުށަހެޅުމުން ކަމަށެވެ. އަދި އަލަށް ދޫކުރި ރެޖިސްޓްރީގައި މަސްއޫލުވެރިންގެ ނަން ހިމަނާފައި އެވަނީ މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

އޭނާ ވިދާޅުވީ އެހެން ޕާޓީއަކުން ރެޖިސްޓްރީ އާ ކުރަން ހުށަހެޅުމުން ދެން އަމަލު ކުރާނީ އެ އުސޫލުން ކަމަށެވެ.

އީސީގެ މެންބަރުން އަމަލު ކުރަމުންދަނީ އިންސާފުން އެއްކިބާވެ ވަކި ފަރާތަކަށް ޖެހިގެން ކަމަށް އިދިކޮޅު ފަރާތްތަކާއި ޕީޕީއެމް ދެބައިވުމާއި ގުޅިގެން ވަކިން މަސައްކަތް ކުރަމުންދާ ކުރީގެ ރައީސް މައުމޫންގެ ފެކްޝަނުން ދަނީ ބުނަމުންނެވެ.

 

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.