ޕްލުޓޯ ގައި ވެސް ކަނޑެއް އުފެދިފައިވާހެން ހީވާ ކަމަށް ސައިންޓިސްޓުން ބުނެފި

ކާއިނާތުގެ އެންމެ ދުރުގައި އުފެދިފައި އޮތް، އެންމެ ކުޑަ ދުނިޔެ ކަމަށްވާ “ޕްލުޓޯ” ގައި ވެސް ކަނޑެއް އުފެދިފައިވާހެން ހީވާކަމަށް ސައިންޓިސްޓުން ބުނެފިއެވެ.

ޕްލުޓޯ އަކީ އެހެން ހުރިހާ ދުނިޔެތަކަށް ވުރެ އެންމެ ކުޑަ ދުނިޔެއެވެ. މީގެ ކުރިން ޕްލުޓޯ އަކީ ވެސް މިކާއިނާތުގައި ހިމެނޭ ދުނިޔެއެކެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން ޕްލުޓޯ ވަނީ އިރުވަށާ ދައުރު ކުރުމުގެ ތެރޭގައި އަމިއްލައަށް މާދުރަށް ދައުރުކޮށް މިކާއިނާތާއި ވަކިވެފައެވެ.

އެގޮތަށް އަމިއްލައަށް މާދުރަށް ދައުރުކުރެވުނީ ކީއްވެކަމެއް ހޯދުމަށް އެތަކެއް ދިރާސާތަކެއް ސައިންޓިސްޓުންނާއި އެސްޓްރަނައުޓުން ކުރުމަށްފަހު، ވަރަށް ފަހުން ސައިންޓިސްޓުން ބުނެފައިވަނީ ޕްލުޓޯގެ ކައިރިފަށުގައި ކަނޑެއް އުފެދިފައިވާހެން ހީވާ ކަމަށާއި، ބެލެންސެއް ނެތި އެގޮތަށް މާދުރަށް ދެވުނީ އެކަމުގެ ސަބަބުންކަމަށް ވެދާނެ ކަމަށެވެ.

މީގެ އިތުރުން ސައިންޓިސްޓުން ބުނެފައިވަނީ މިދުނިޔޭގައި ފެން އުފެދިފައި ހުރި ވަރަށް ޕްލުޓޯގެ މިކަނޑުގައި ވެސް ފެން ހުރިހެން ހީވާ ކަމަށާއި، އެއީ އެފަދަ ކުޑަ ދުނިޔެއަކާއި އަޅާބަލާއިރު ވަރަށް ބައިވަރު ފެން ކަމަށެވެ.

 ސައިންޓިސްޓުން ބުނެފައިވަނީ ޕްލުޓޯގައި އުފެދިފައިވާ ކަނޑުގައި ހިމެނޭ ފެނަކީ ގަނޑުވެފައި ހުންނަ ފެން ކަމުން، އެފެން ބޭނުން ނުކުރެވުން ވެސް އެކަށީގެންވާ ކަމަށެވެ. ނަމަވެސް މެސެޗުސެޓްސް ގެ އިންސްޓިޓުއުޓް އޮފް ޓެކްނޮލޮޖީ ގެ ޕްލެނެޓަރީ ސައިންޓިސްޓް، ރިޗާޑް ބިންޒެލް، ބުނެފައިވަނީ އެއްވެސް ކަމަކީ ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެފެންވެސް ނެގި ބޭނުން ކުރެވޭނެ ގޮތްވެސް ހެދިދާނެ ކަމަށެވެ.

މި ދިރާސާތަށް ސައިންޓިސްޓުންއަށް ހޯދިފައިވަނީ މިދިޔަ އަހަރު ޖުލައި މަހު ނާސާ ގެ ޖައްވީ އުޅަނދު ޕްލުޓޯ ގެ 1000 ކިލޯމީޓަރު ވަށަމިނުގައި ދަތުރު ކުރުމަށްފަހު ވަރަށް ގިނަ ތަޙުޤީޤުތައް ކުރުމަށް އެވެ.

nasa_flyby_1479369444

ސައިންޓިސްޓުން މިހާރުދަނީ، ޕްލުޓޯގައި ކަނޑެއްވާކަން ކަށަވަރު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިތުރަށް ދިރާސާތައް ކުރުމަށް ވަރަށް އަވަހަށް ޕްލުޓޯ ވަށާ އަނެއްކާވެސް ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، ނަމަވެސް އެއީ ގިނަ ދުވަސްތަކެއް ވާނެ ދަތުރަކަށް ވުމުން، އެކަމަށް ވަރަށް ބޮޑަށް ތައްޔާރީތައް ވާން ޖެހޭ ކަމަށް ސައިންޓިސްޓުން ބުނެފައިވެއެވެ.

މީގެ އިތުރުން ސައިންޓިސްޓުން ބުނެފައިވަނީ ދުނިޔެ އެއްގެ ވަށައިގެން ފެން އުފެދިފައި ނުވާނަމަ އެއްވެސް ދުނިޔެއަކަށް އޭތީގެ އެކްސިސް އާއި މާދުރަށް ނުދެވޭނެ ކަމަށާއި، ކަނޑެއް އުފެދިފައިވާ ނަމަ އަދިވެސް އިތުރަށް ދުރަށް ޕްލުޓޯ ދިޔުން އެކަށީގެންވާ ކަމަށެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.