fbpx

ފޮޓޯ: ދިރާގު
ފޮޓޯ: ދިރާގު

އައިފްލިކްސް ގެ ޚިދުމަތް ރާއްޖެއަށް ދިރާގުން ތަޢާރަފްކޮށްފި

ރާއްޖެއަށް މުޅިން އަލަށް އައިފްލިކްސްގެ ޚިދްމަތް ދިރާގުން ތަޢާރަފް ކޮށްފިއެވެ.

އިންޓަރނެޓް މެދުވެރިކޮށް ހޮލީވުޑްގެ މަޝްހޫރު ސީރީޒްތަކާއި، ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުގެ އިތުރުން ކުޑަކުދިންނަށް ވެސް ޚާއްސަ ބައެއް ހިމެނޭ އައިފްލިކްސް އާއި ގުޅިގެން ދިރާގުން މިޚިދްމަތް ރާއްޖެއަށް ތަޢާރަފްކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި މިކަމާއި ގުޅިގެން ރޭ ބޭއްވި ޚާއްސަ ޚަފްލާއެއްގައެވެ.

ދިރާގުން ބުނެފައިވަނީ އަލަށް ތަޢާރަފްކުރި މިޚިދްމަތް ދިރާގު ކަސްޓަމަރުންނަށް ތިން މަސް ދުވަހަށް މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ.

ދިރާގު ކަސްޓަމަރުންނަށް އައިފްލިކްސްގެ މުޅި ލައިބްރަރީއަށް އަންލިމިޓެޑް އެކްސެސް ލިބިގެންދާނެ ކަމަށާއި މީގެ ތެރޭގައި އައިފްލިކްސް އަށް އެކަނި ޚާއްޞަ އެކްސްކްލޫސިވް ޓީވީ ސިލްސިލާތަކާއި، އެންމެ މަގުބޫލު ޑްރާމާތަކާއި، ފިލްމުތަކާއި އަދި ކުޑަކުދިންގެ ޕްރޮގްރަމްތައް ހިމެނޭ ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.

thumbnail_pic-3
އައިފްލިކްސް ތަޢާރަފް ކުރުމަށް ރޭބޭއްވި ޚާއްސަ ޖަލްސާގެ ތެރެއިން- ފޮޓޯ: ދިރާގު

މީގެއިތުރުން އައިފްލިކްސް މެދުވެރިކޮށް ބޭނުން ޝޯއެއް ޑައުންލޯޑްކޮށް އޮންލައިންކޮށް ބަލާލުމުގެ ފުރުސަތު ވެސް މިޚިދްމަތުން ލިބިގެންދާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

thumbnail_pic-5
އައިފްލިކްސް ތަޢާރަފް ކުރުމަށް ރޭބޭއްވި ޚާއްސަ ޖަލްސާގެ ތެރެއިން- ފޮޓޯ: ދިރާގު

    ރޭގެ މިރަސްމިއްޔާތުގަައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް މާކެޓިންގް އޮފިސަރ އިވަބެލް ހާޖްރީ ވިދާޅުވީ އައިފްލިކްސް ފަދަ ދުނިޔޭގައި ކުރިއަރަމުން އަންނަ މިފަދަ ޚިދްމަތެއް ރާއްޖޭގައި އަލަށް ތަޢާރަފްކުރުމަކީ ދިރާގަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

  އައިފްލިކްސްގެ ފަރާތުން މިހަފްލާގައި ވާހަކަ ދައްކަވަމުން ހެޑް އޮފް ނިއު މާކެޓްސް ފޯ އައިފްލިކްސް މާޓިންގ ޖޮހޭންސަން ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ކަމަށްވާ ދިރާގާ ގުޅިގެން އައިފްލިކްސް ރާއްޖެއަށް ތަޢާރަފް ކުރެވޭ ކަމަށްޓަކައި ވަރަށް އުފާ ކުރައްވާކަމާއި، ދިރާގު ކަސްޓަމަރުންނަށް މި ޕާރޓްނާޝިޕްގެ ދަށުން އައިފްލިކްސް ގެ ލައިބްރަރީ އަށް އަންލިމިޓެޑް އެކްސެސް ލިބިގެންދާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.