އާ އަހަރާއެކު އާ ގާނޫނު ތަކެއް: މިނިކާވަގާއެކު ސެލްފީ ނެގުން މަނާ

މި ހިނގާ 2015 ވަނަ އަހަރު ފެށިގެން އަދި މިއަދަށް މިވީ ދެދުވަހެވެ. މި ދެދުވަސްތެރޭގައި އެމެރިކާގެ ތިން އަވަށެއްގައި ތަފާތު ތިން ގާނޫނަކަށް ވަނީ އަމަލުކުރަން ފަށާފައެވެ.

އެގޮތުން ސޭންފްރެންސިސްކޯގައި ކުކުޅަށް ހާއްސަކޮށް އެކުލަވާލާފައިވާ ގާނޫނަކަށް އިއްޔެއިން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ. އެ ގާނޫނުގައި ބުނެފައިވަނީ ބިސްއަޅާ ކުކުޅު ގެންގުޅޭ ކޮއްޓަކީ އެ ކުކުޅެއްގެ ދެ ފިޔަ ދަމާލެވޭ ވަރުގެ ކޮށްޓަކަށް ވާން ޖެހޭނެ ކަމަށެވެ.

28TH_CHICKEN_PHOTO_1250290f

ނިއުޔޯކްގައި އިއްޔެ އަމަލުކުރަން ފެށި ގާނޫނެއްގައި ބުނެފައިވަނީ މިނިކާވަގާއެކު ސެލްފީ ނެގުމަކީ މަނާކަމެއް ކަމަށެވެ. އެގޮތަށް އެކަންކުރީ ”ޑޭޓިން ވެބްސައިޓް“ތަކުގައި މި ފަހަކަށް އައިސް ނިއުޔޯކްގެ ފިރިހެނުން މިނިކާވަގާއެކު ނަގާފައި ހުންނަ ސެލްފީތައް ޕްރޮފައިލް ފޮޓޯގެ ގޮތުގައި ބޭނުންކުރާތީ އެކަމަކީ ނުރައްކާތެރިކަމެއްކަމަށް އެ ސްޓޭޓްގެ ގާނޫނު ހަދާ ފަރާތްތަކުން ދެކޭތީ ކަމަށް ބުނެފައި ވެއެވެ.

tinder-tiger

ނެވާޑާގައި އަލަށް އެކުލަވާލާ އަމަލު ކުރަން ފެށި ގާނޫނެއްގައި ބުނެފައިވަނީ ކިޔަވާކުދިން ސްކޫލަށް ގަޑި ޖެހިއްޖެ ނަމަ ވެހިކަލް ދުއްވުމުގެ ލައިސަންސް ސަސްޕެންޑް ކުރެވޭނެ ކަމަށެވެ.

skills_1

މި ތިން ގާނޫނަކީވެސް މި އަހަރުގެ ފުރަތަމަ ދެ ދުވަހުގެ ތެރޭގައި އެމެރިކާއިން އަމަލުކުރަން ފެށި ތިން ގާނޫނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *