fbpx

ދިޕިކާ ވެސް ކެޓްރީނާ ވެސް ރަންބީރަކާއި ނުގުޅޭ- ކަރީނާ

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރް ޚާން އަކީ އެއްވެސް ކަމަކާއިމެދު ޖެހިލުމެއް ނެތި އޭނާގެ ޙިޔާލު ފާޅު ކުރާ އެކްޓްރެސް އެއްކަން ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ.

އެއީ ފިލްމު ޕްރޮމޯޝަން އެއްގައި ވިޔަސް ނުވަތަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިޔަސް، އެއްވެސް ކަމަކާއި މެދު ކަރީނާ ޙަޤީޤަތުގައި ދެކޭ ގޮތް ފާޅު ކުރަން އޭނާ ޖެހިލުމެއް ނުވެއެވެ.

އެގޮތުން މިދިޔަ ކަރަން ޖޯހަރްގެ “ކޮފީ ވިތު ކަރަން” ގެ އެންމެ ފަހު ސީސަންގައި ކަރީނާ ކަޕޫރު ޚާން ވަނީ ކެޓްރީނާ ކެއިފް އަކީ އޭނާގެ ދެބޭންގެ ދެދަރި ކޮއްކޮ، ރަންބީރް ކަޕޫރަށް އެންމެ ރަނގަޅު ބައިވެރިޔާ ކަމަށް ބުނެ ކެޓްރިނާ އަކީ އޭނާގެ “ފަހަރި” ކަމަށް ވެސް ބުނެފައެވެ.

ނަމަވެސް ރަންބީރު އާއި ކެޓްރީނާ ގެ ލޯބީގެ ގުޅުން މިއަހަރު ކެނޑުމުން އެދެމީހުން އަލުން ގުޅުވުމަށް މަސައްކަތް ކުރުމަށްފަހު، މިހާޜު ކަރީނާ މިވަނީ އޭނާގެ ޙިޔާލު އެކަމާއިމެދު މުޅިން ބަދދަލު ކޮށްލާފައެވެ.

pp1_1479385928_725x725

ނޭހާ ދޫޕިއާގެ ޕޮޑްކާސްޓް “ނޯ ފިލްޓަރ ނޭހާ” ގައި ވާހަކަ ދައްކަމުން، ރަންބީރު ކަޕޫރާއި ބޮޑަށް ގުޅެނީ ދިޕިކާ ޕަޑުކޯން ތޯ ނުވަތަ ކެޓްރީނާ ކެއިފް ތޯ ކަރީނާ ގާތު އެހުމުން، ވަރަށް ހަމަޖެހިލާފައި ކަރީނާ ބުނީ އެތަނުން އެކަކުވެސް ރަންބީރު އާއި ނުގުޅޭ ކަމަށެވެ. އަދި މީގެ އިތުރުން ކަރީނާބުނެފައިވަނީ ރަންބީރު ކަޕޫރު އަދި މިހާތަނަށް ލޯބީގެ ގޮތުން ގުޅުނު އެކަކާއިވެސް ރަންބީރު އާއި ނުގުޅޭ ކަމަށާއި، އޭގެން އެއްވެސް މީހަކާއި ރަންބީރު އެކަށީގެން ނުވާނެ ކަމަށެވެ.

ކަރީނާގެ މި ފިނި ޖަވާބުގެ ސަބަބުން ދެން އޭނާއި ކުރެވުނު އަނެއް ސުވާލަކީ، ރަންބީރު އާއި ކެޓްރީނާ ނުގުޅޭކަމަށް ކަރީނާ އަށް ހީވާއިރު، އެދެމީހުން ގެ ލޯބީގެ ގުޅުން ކެނޑުމުން އަލުން އެދެމީހުން ގުޅުވޭތޯ ކަރީނާ މަސައްކަތް ކުރީ ކީއްވެތޯ އެވެ.

އެސުވާލަށް ވެސް ކަރީނާގެ ފަރާތުން ލިބުނީ ވަރަށް ފިނި ޖަވާބެކެވެ. އޭނާ ބުނީ ރަންބީރަކީ އޭނާގެ ކޮއްކޮ ކަމަށާއި، ކޮއްކޮގެ އުފަލަށް ކޮންމެ ކަމެއްވެސް ކުރަން އޭނާ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އޭގެ އިތުރުން އެއީ ރަންބީރުގެ ދިރިއުޅުން ކަމަށާއި އެދިރިއުޅުމަށް އޭނާ ކޮންމެ މީހަކު ގެނަޔަސް ކަރީނާ އޭނާގެ ނިންމުމަށް އިހުތިރާމް ކުރާނެ ކަމަށާއި އަމިއްލައަށް އެކަމާއި ދޭތެރޭ ދެކޭ ގޮތާއި ހެދި ރަންބީރު އަށް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.