ހަށިގަނޑަށް އެންމެ ފައިދާ ހުރީ ރަތް ހަނޑޫ ނުވަތަ ބްރައުން ހަނޑޫ ބަތް  ކަމަށް ޑޮކްޓަރުން ބުނޭ --
ހަށިގަނޑަށް އެންމެ ފައިދާ ހުރީ ރަތް ހަނޑޫ ނުވަތަ ބްރައުން ހަނޑޫ ބަތް ކަމަށް ޑޮކްޓަރުން ބުނޭ --

ހަށިގަނޑަށް އެންމެ ފައިދާ ހުރީ ކޮން ވައްތަރެއްގެ ހަނޑުލެއްކަން އެނގޭތަ؟

ހަށިގަނޑު ލުއި ކުރުމަށް ނުވަތަ ހިކެން އުޅޭ ކޮންމެ މީހަކު ބަތް ކެއުން ހުއްޓާލުމަށް އެންމެންވެސް ލަފާދެ އެވެ. އަދި ހާއްސަކޮށް އާންމުކޮށް ދިވެހިން ކާ ހުދު ހަނޑުލު ބަތަކީ ފަލަވުމަށް އެންމެ ބޮޑަށް އެހީވެދޭ އެއް ކާނާއެއް ކަމަށް ބުނެ އެވެ.

އެކަމަކު ބަރުދަން އެއް މިންގަނޑެއްގައި ބެހެއްޓުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ދިރާސާ ކުރާ އިންޑިއާގެ މަޝްހޫރު ޑޮކްޓަރުންގެ ޓީމަކުން ވަނީ ވަކި ބާވަތެއްގެ ހަނޑުލުން ހަށިގަނޑަށް ގެއްލުން ލިބި ފަލަވުމަށް އެހީވެދޭ ކަމަށް ބުނާ ވާހަކަތަކީ ދޮގެއް ކަމަށް ބުނެފައި އެވެ. އެ ޑޮކްޓަރުން ބުނާގޮތުގައި ކޮންމެ ވައްތަރެއްގެ ހަނޑުލަކީވެސް އޭގެން ހަށިގަނޑަށް މުހިންމު ފައިދާތަކެއް ކުރާ ހަނޑުލެކެވެ.

ހުދު ހަނޑޫ:

ހުދު ހަނޑޫގައި ބަތް ކެއްކުން އެންމެ ރަނގަޅީ ރަނގަޅަށް ނުދޮވެ --
ހުދު ހަނޑޫގައި ބަތް ކެއްކުން އެންމެ ރަނގަޅީ ރަނގަޅަށް ނުދޮވެ —

ހުދު ހަނޑުލުގައި ބަތް ކެއްކުން އެންމެ ރަނގަޅީ މާބޮޑަށް ނުދޮވެ އެވެ. އެއީ ރަނގަޅަށް ސާފުކޮށް ދޮންނަ ވަރަކަށް ހުދު ހަނޑޫގައި ހުންނަ ހަށިގަނޑަށް ފައިދާ ހުރި ހުރިހާ މާއްދާތަކެއް ހަނޑުލާއި ވަކިވެގެންދާތީ އެވެ. އެގޮތުން މާބޮޑަށް ދޮވެ ސާފު ކުރުމުން ހުދު ހަނޑޫގައި ހުންނަ ވިޓަމިން ބީ3 ގެ ތެރެއިން 67 ޕަސެންޓް ދާއިރު ވިޓަމިން ބީ1ގެ 80 ޕަސެންޓް ދެ އެވެ. އަދި ވިޓަމިން ބީ6 ގެ 90 ޕަސެންޓް ދާއިރު ހަނޑޫގައި ހުންނަ ދަގަނޑުގެ ބައިގެ ތެރެއިން 60 ޕަސެންޓް ދާކަމަށްވެ އެވެ.

މީގެ އިތުރުން ހުދު ހަނޑޫ ބަތް ކެއުމުގެ ސަބަބުން ލިބޭ ފަރުވާތަކުގެ މުހިންމުކަން ހަނޑޫ ދޮވެ ސާފު ކުރުމުން ގެއްލި ދެ އެވެ. އެހެންވެ ގިނަ މީހުން ހުދު ހަނޑުލާއި ދުރަށް ދާކަން ފާހަގަ ވެފައިވާ ކަމަށް ޑޮކްޓަރުންގެ ޓީމުން ބުނެ އެވެ.

ރަތް ހަނޑޫ:

ރަތް ހަނޑޫ އަދި ބްރައުން ހަނޑޫގައި ަތް ކައްކައިގެން ކެއުމުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ހަށިގަނޑަށް ލުއި ލިބޭ --
ރަތް ހަނޑޫ އަދި ބްރައުން ހަނޑޫގައި ަތް ކައްކައިގެން ކެއުމުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ހަށިގަނޑަށް ލުއި ލިބޭ —

ރަތް ހަނޑުލަކީ އޭގެ ސަބަބުން ބޮޑެތި ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ރަތް ހަނޑޫ ބަތް އާންމުކޮށް ކެއުމުން ކެންސަރު ޖެހުމާއި ދުރުކޮށްދޭއިރު އެލީޖީވުމުންވެސް ދުރުކޮށްދެ އެވެ.

އަދި ހަށިގަނޑުގެ ބަރުދަށް އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދޭއިރު ހިތުގެ މައްސަލަތަކާއި، މައިގްރެއިންގެ އިތުރުން ލޭމައްޗަށް ދިއުން ހުއްޓުވުމަށް އެހީތެރިވެދެ އެވެ.

ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދަމުންދާ މީހުންނަށް، ހާއްސަކޮށް ހަކުރު ބައްޔަށް ފަރުވާ ކުރާ މީހުންނަށް ރަތް ހަނޑުލާއި ބްރައުން ހަނޑޫ ކެއުމަށް ޑޮކްޓަރުން ލަފާދެ އެވެ. ސަބަބެއް ކަމަށްވަނީ ހަކުރު ބަލީގެ ސަބަބުން ހަށިގަނޑަށް  ލިބިފައި ހުންނަ ވަރުބަލިކަން ފިލުވައިދޭ އެއްޗަކަށް އެ ބާވަތްތައް ވާތީ އެވެ.

މި  ދިރާސާތައް ކުރި ޑޮކްޓަރުންގެ ޓީމުން ލަފާދޭގޮތުގައި ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން ކެއުން އެންމެ ރަނގަޅީ ރަތް ހަނޑޫ އަދި ބްރައުން ހަނޑުލެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.