މަޖީދީމަގާއި ފަނޑިޔާރުމަގު ގުޅޭ ހިސާބުގައި ބާއްވާފައި އޮތް ކާރު، މި ކާރުގެ ތެރޭގައި ހަތަރު ކުޑަކުދިން ތިބި -- ފޮޓޯ: ދުވަސް
މަޖީދީމަގާއި ފަނޑިޔާރުމަގު ގުޅޭ ހިސާބުގައި ބާއްވާފައި އޮތް ކާރު، މި ކާރުގެ ތެރޭގައި ހަތަރު ކުޑަކުދިން ތިބި -- ފޮޓޯ: ދުވަސް

މަޖީދީ މަގުގައި ކާރުތެރޭގައި ހަތަރު ކުދިން ބޭތިއްވުމަށްފަހު ދިއުމުން ވީގޮތަކީ މިއީ !

މިއީ މީގެ ހަފްތާއެއްހާކުރިން މަޖީދީމަގާއި ފަނޑިޔާރުމަގު ގުޅޭ ހިސާބުގައި  ހިނގާދިޔަ ކަމެކެވެ. ރޭގަނޑު 09:00 ހާއިރު ފިހާރައެއްގެ ކުރިމަތީގައި އިންޖީނު ނިއްވާ ނުލާ އޮތް ކާރެއްގެ ވަށައިގެން ގިނަ ބަޔަކު ތިބި އިރު އަދި ދެ ފުލުހަކު ތިބި އިރު ދުރުން ބަލާލުމަށްފަހު ހީކުރީ އެކްސިޑެންޓެއް ވެގެން އުޅެނީ ކަމަށެވެ. ނަމަވެސް ކައިރިއަށް ގޮސް ބަލާލިއިރު ކަންތައް ދިމާވީ ހީކުރި ގޮތާއި މުޅިން ހިލާފަށެވެ.

ކާރުގެ ކައިރީގައި ދެ ފުލުހަކު ތިބި އިރު އަދި ކާރުގެ ވަށާލައިގެން މަންޒަރު ބަލަން ފަންސާހަކަށް މީހުން ތިބި އިރު ކާރުގެ ތެރޭގައި ތިބީ ހަތަރު ކުޑަކުދިންނެވެ. ފުލުހުން ސުވާލު ކުރަމުންދަނީ އެ ކާރު ޑްރައިވަރު ދިޔަތަނެއް އާއްމުންނަށް އެނގޭތޯ އެވެ. އަދި ޓެކްސީ ސެންޓަރުތަކަށް ގުޅާ މައުލޫމާތު ސާފުކުރެވޭތޯވެސް ބެލި އެވެ.

މަޖީދީމަގާއި ފަނޑިޔާރުމަގު ގުޅޭ ހިސާބުގައި ބާއްވާފައި އޮތް ކާރު، މި ކާރުގެ ތެރޭގައި ހަތަރު ކުޑަކުދިން ތިބި -- ފޮޓޯ: ދުވަސް
މަޖީދީމަގާއި ފަނޑިޔާރުމަގު ގުޅޭ ހިސާބުގައި ބާއްވާފައި އޮތް ކާރު، މި ކާރުގެ ތެރޭގައި ހަތަރު ކުޑަކުދިން ތިބި — ފޮޓޯ: ދުވަސް

ގިނަ އިރުވަމުންދިޔަވަރަކަށް ގިނަ މީހުން ޖަމާވަމުންދިޔަ ވަރަކަށް ކާރު ތެރޭގައި ތިބި ކުޑަކުދިންގެ މޫނުމަތިން ފެނުނީ ހަމަ ގައިމުވެސް ހިތާމަވެރި މަންޒަރެކެވެ. އެއްމެ ބޮޑު ކުއްޖާގެ އުމުރުން ގާތްގަނޑަކަށް ވާނީ 10 އަހަރެވެ. އެ ކުއްޖާގެ ލޮލުންވެސް ކަރުނަ ހިލުނު މަންޒަރު ފެނުނެވެ. އަތުގައި ސްމާޓް ފޯނެއް އޮތް ނަމަވެސް މީހުން ޖަމާވެ ކާރުގެ ބިއްލޫރިގަނޑުން އެ ކުއްޖާއާއި ދިމާއަށް ބަލަން ފެށުމުން އެ ކުއްޖާ ހާސްވަމުން ދިޔަ މަންޒަރު ސިފަވި އެވެ. ވާނީވެސް އެހެންތާ އެވެ. ވެގެން އުޅޭ ގޮތެއް އަދި ވާން އުޅޭ ގޮތެއްވެސް އެ ކުއްޖާއަކަށް ނޭންގޭހާލު ގިނަ ބަޔަކު ޖަމާވެ އެއްބަޔަކު ފޮޓޯ ނަގާ ކަންކަން ކުރި އިރު އެ ކުއްޖާ އިނީ ހިތް ނުތަނަވަސްވެ ބިރުވެރި ކަމެއްގެ ތެރޭގައި އެ ކުއްޖާގެ މޫނަށް ބަލައިލުމުން އެނގުނެވެ.

މަޖީދީމަގާއި ފަނޑިޔާރުމަގު ގުޅޭ ހިސާބުގައި ބާއްވާފައި އޮތް ކާރު، މި ކާރުގެ ތެރޭގައި ހަތަރު ކުޑަކުދިން ތިބި -- ފޮޓޯ: ދުވަސް
މަޖީދީމަގާއި ފަނޑިޔާރުމަގު ގުޅޭ ހިސާބުގައި ބާއްވާފައި އޮތް ކާރު، މި ކާރުގެ ތެރޭގައި ހަތަރު ކުޑަކުދިން ތިބި — ފޮޓޯ: ދުވަސް

ކޮންމެއަކަސް މިކަމެއް ހިނގިތާ ގާތްގަނޑަކަށް ތިރީހަކަށް މިނެޓްފަހުން ކާރުގެ ޑްރައިވަރު އަދި އިތުރު އަންހެނަކު ކާރުގެ ކައިރިއަށް އައެވެ. މައުލޫމާތު ލިބުނު ގޮތުން ނަމަ އެއީ އެ ހަތަރު ދަރީންގެ މަންމައާއި ބައްޕަ އެވެ. ބައްޕަގެ އަތުގައި ފްރުޓް ކޮތަޅެއް އޮތް އިރު އެ ދެމީހުން އައީ ކޮންތާކުންކަން އަދި ހަތަރު ކުދީން ކާރުގެ ތެރޭގައި ބޭތިއްބުމަށްފަހު ދިޔައީ ކޮންތާކަށް ކަން ކަށަވަރުވާގޮތެއް ނުވެ އެވެ.

ފުލުހުން އެ ކާރުގެ ޑްރައިވަރުގެ މައުލޫމާތު ސާފުކުރުމަށްފަހު ކާރު ދޫކޮށްލި އެވެ.

ކުޑަ ނަމަވެސް  މިއީ ހިތާމަވެރި ހާދިސާއެއް ކަމާއިމެދު ޝައްކެއް ނެތެވެ. ކާރުބާރު ބޮޑު މާލޭގެ މަގުމެދަށް ކާރުގެ ތެރޭގައި ހަތަރު ކުޑަކުދިން ދޫކޮށް ދާއިރު ދިމާވެދާނެ ގޮތަކާއިމެދު ވިސްނާލަން ޖެހެ އެވެ. ސީނަށް ހާޒިރުވި ދެ ފުލުހުން އަމަލު ކުރި ގޮތަކީވެސް އެއްމެ ރަނގަޅުގޮތް ނޫންކަން ފާހަގަކޮށްލަން ޖެހެ އެވެ. އެހެނީ ތިރީހަކަށް މިނެޓް ވި އިރު މީހުން ގިނަ އަދަދަކަށް ޖަމާވެ ކާރުގެ ތެރޭގައި ތިބި ކުދިންގެ ހިތަށް ނުތަނަވަސްކަން ވެރިވަމުން ދިޔަ އިރު މީހުން ދުރުކުރުމުގެ މަސައްކަތް ފުލުހުން ކުރިތަން ފެނިގެން ގޮސްފަ އެއްނުވެ އެވެ. އަދި ބައެއް މީހުން ފޮޓޯ ނަގަމުން ދިޔައިރު އެކަމާ ފުލުހުން އަޅާލި މަންޒަރުވެސް ފެނިފައެއް ނުވެ އެވެ.

 

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published.