fbpx

ތިލަފުށި -- ފޮޓޯ: ގޫގުލް
ތިލަފުށި -- ފޮޓޯ: ގޫގުލް

ތިލަފުށިން 40 ބިމެއް ކުއްޔަށް ދެނީ

ތިލަފުށީގައި ގުދަން ހެދުމަށާއި ސިނާއީ މަސައްކަތްކުރުމަށް ބިން ކުއްޔަން ހިފަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި އެވެ.

ބިން ވިއްކަން ނިންމާފައިވަނީ އަލަށް ހިއްކާފައިވާ ތިލަފުށި އިންޑަސްޓްރިއަލް ޒޯން ސަރަހައްދު (ޓީއައިޒެޑް)ން ނެވެ. އެ ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުއްޔަން ދޭން ނިންމާފައިވަނީ ގުދަން ހެދުމަށާއި ސިނާއި މަސައްކަތްތަކަށް 1,300 އަކަފޫޓާއި 20,000 އަކަފޫޓާ ދެމެދުގެ ބިން ތަކެއް ކަމަށެވެ.

އެ ސަރަހައްދުން 40 ބިން ކުއްޔަން ދޭން ނިންމާފައިވާ ކަމަށް ތިލަފުށީ ކޯޕަރޭޝަނުން ބުނެ އެވެ. އެގޮތުން އަލިފާން ނުހިފާޒާތުގެ ތަކެތި އަދި ކާނާގެ ބާވަތްތައް ނޫން ތަކެތި ގުދަންކުރުމަށް ދެ ބިމާއި، ބަންދުކުރެވިފައިވާ ކާނާ ގުދަންކުރުމަށް ދެ ބިމާއި، ފަރުނީޗަރު ގުދަންކުރުމަށް ހަ ބިމާއި، ޖެނެރަލް ހާޑްވެއާ ގުދަންކުރުމަށް ދެ ބިމެއް ކުއްޔަން ދޭން ވަނީ ހަމަޖެހިފައި އެވެ. އަދި ބިލްޑްވެއާ ގުދަންކުރަން ދެ ބިމާއި، އިންޑަސްޓްރިއަލް އިކުއިޕްމަންޓް / މެރިން ނުވަތަ ޕަވަ ޖެނެރޭޓަރު ގުދަންކުރުމަށް ދެ ބިމާއި، އޮޓޯމޮބައިލް އަދި މޮޓޯ ވެހިކަލް ގުދަންކުރަން ދެ ބިމާއި، ކޯލްޑް ސްޓޯރޭޖް ހެދުމަށް ދެ ބިން ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފަ އެެވެ.

މީގެ އިތުރުން އެއްގަމު އުޅަނދުގެ މެއިންޓެނަންސް މަަސައްކަތްތައް ކުރުމަށް ހަތަރު ބިމާއި، އެއްގަމު އުޅަނދުފަހަރު މަރާމާތުކުރުމަށް އަށް ބިމާއި، މެޝިން ޝޮޕް (ލޭތު، ބޯރިން، ނުވަތަ މިފަދަ މަސައްކަތްތަކަށް)ގެ މަސައްކަތްތަކަށް ދެ ބިމާއި، އޮޓޯމޮބައިލް ލުބްރިކެންޓްސް އަދި ސްޕެއާޕާޓްސް ވިއްކުމަށް ދެ ބިމާއި، މެޓަލް ފެބްރިކޭޝަން މަސައްކަތް ކުރުމަށް ދެ ބިމާއި އަދި އެލުމިނިއަމްގެ މަސައްކަތް ކުރުމަށް ދެ ބިން ކުއްޔަށް ދިނުމަށް ވެސް ޓީސީއެލް އިން ވަނީ ނިންމާފަ އެވެ.

ޓީސީއެލް އިން ބުނީ ކުއްޔަށް ދިނުމަށް ނިންމާފައިވާ ބިންތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަންޖެހޭ އެންމެ ފަހު ތާރީހަކީ މިމަހުގެ 22 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން ކަމަށެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.