މިދިޔަ އަހަރުގެ ގައުމީ އިނާމު ދިނުމުގެ ޖަލސްާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
މިދިޔަ އަހަރުގެ ގައުމީ އިނާމު ދިނުމުގެ ޖަލސްާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މިރޭ ދެއްވައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މިރޭ ދެއްވައިފިއެވެ.

މި އިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

މިއަހަރު ޚާއްޞަ އިނާމު ލިބިވަޑައިގަތީ، 20 ބޭފުޅަކަށެވެ. އެބޭފުޅުންގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 2 ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅުންނާއި، ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް ނުވަތަ ޢިލްމީ ދިރާސާއެއް ކުރައްވައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރެއްވި ބޭފުޅަކާއި، ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން އިނާމު ހާސިލު ކުރެއްވި 2 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 2 ބޭފުޅުންނަކީ:

1. ޑޮކްޓަރ މުޙައްމަދު ޢާދިލް ގއ. ދާންދޫ ޑެއިޒީމާގެ
2. ޑޮކްޓަރ އަމްޒަތު އަޙްމަދު ގދ. މަޑަވެލީ ކިނާރާ

މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅުންނަކީ:

1. އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމް މ. ޑައިމަންޑްވެލީ
2. އަލްފާޟިލާ ޢާއިޝަތު އަޒްފާ މ. ހުވަނދުގަނދަކޯޅިގެ
3. އަލްފާޟިލާ ސިރުޙާނާ އިދުރީސް ހ. ފެންތިލަގެ
4. އަލްފާޟިލާ ޢާއިޝަތު ޢަރުޝީ ޚަލީލު މއ. ޒެޕްލިން
5. އަލްފާޟިލް އަންވަރު އިބްރާހީމް ގ. ސަންސައިޑްވިލާ
6. އަލްފާޟިލް ޢަބްދުލްމަތީން ޢަބްދުއްސައްތާރު ބ. އޭދަފުށީ މޫންލައިޓް
7. އަލްއުސްތާޛު ޝުޖާޢު ޢުޘްމާން ގއ. ވިލިނގިލީ ހިލިހިލާއާގެ
8. އަލްއުސްތާޛު ސުޢޫދު މުޙައްމަދުފުޅު ހ. މާވަރުހުރާ
9. އަލްފާޟިލް ޙުސައިން ވަޙީދު ގ. ސިންދު
10. އަލްފާޟިލާ މަރްޔަމް މޫނިސާ ޙުސައިން ސ. ފޭދޫ ކަރަންކާވިލާ
11. އަލްއުސްތާޛު ޝުކުރުﷲ ޝަކީލް އއ. ފެރިދޫ ސިޔާމާ މަންޒިލް
12. އަލްފާޟިލް ޙަމަދު އަޙްމަދު މ. ސީނިއާވިލާ
13. އަލްފާޟިލާ ޝަޒްމީނާ ޝާކިރު ޏ. ފުވައްމުލަކު ދަޑިމަގު ހިކިފިނިފެންމާގެ
14. އަލްފާޟިލާ އާމިނަތު ޝަފާނާޒް ހއ. ކެލާ ފެހިވިލާގެ
15. އަލްފާޟިލާ އާމިނަތު ޝަފީޤު ސ. ހިތަދޫ ދިރޭލާލްގެ

ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކުރައްވައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލުކުރެއްވި ބޭފުޅަކީ:

• އަލްފާޟިލް އިބްރާހީމް ނަސްރީން ލ.އިސްދޫ މާގަސްދޮށުގެ

ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން އިނާމު ހާސިލުކުރެއްވި 2 ބޭފުޅުންނަކީ:

• އަލްފާޟިލާ ރޯޒާ އިބްރާހީމް ޏ. ފުވައްމުލަކު ދަޑިމަގު އަހިވަލިގެ
• އަލްފާޟިލާ ރަޝީދާ މޫސާ މ. އަރުމް

މިރޭގެ ޖަލްސާގައި، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރެއްވި ޙާފިޡުންނަށާއި، 2015 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަށާއި، 2016 ވަނަ އަހަރު ބޭއްވުނު މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން އެކި މާއްދާތަކުން 1 ވަނަ ހާސިލުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަށް ދެއްވާ މެޑެލްވެސް ދެއްވިއެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރެއްވި ޙާފިޡުންނަކީ:

1. އަލްހާފިޡާ ބައްސާމާ ސުލައިމާން ހއ. ދިއްދޫ ފުނަކުރި
2. އަލްޙާފިޡު ސުލްޠާން މުޙައްމަދު ލަޠީފް ދ. މީދޫ ފެހިގެ
3. އަލްޙާފިޡާ ހިމްނާ މުޙައްމަދު ޢިޔާޝް ހ. ލަކީ
4. އަލްޙާފިޡާ މަރްޔަމް ޙުލްމާ މަޝްކޫރު ސ. ހިތަދޫ އިހާ
5. އަލްޙާފިޡާ އާލާ ޢަޡުމަތު ޖަމީލް މއ. ނާރެސް
6. އަލްޙާފިޡު އަޙްމަދު ޝުޖާޢު ޝަރީފް ހުޅުމާލެ ފްލެޓް ނަންބަރު: 04-ޖީ-6

2015 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަކީ:

1. ފާޠިމަތު މާވީ ޞާލިޙު ސ. ހިތަދޫ ނާޒް – އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގުއޭޖް (އަމީނިއްޔާ ސްކޫލް)

2. އާމިނަތު ޝުޢާޢު މުޙައްމަދު މ. އާރތް – އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގްއޭޖް (އަމީނިއްޔާ ސްކޫލް)

3. އަޙްމަދު ބާސިލް ޝިޔާމް ސ. މީދޫ ސްވީޓްޕީކޮޓެޖް – މެތެމެޓިކްސް (މަޖީދިއްޔާ ސްކޫލް)

4. މަރްޔަމް އިންޝާ ޒިޔާދު ސ. ހުޅުދޫ އަލިމަސްވާދީ – ޓްރެވަލް އެންޑް ޓޫރިޒަމް (އިސްކަންދަރު ސްކޫލް)

5. މަރްޔަމް އަޒްހާ އިބްރާހީމް މ. ޝަބްނަމްވިލާ – އިކޮނޮމިކްސް އަދި ކެމިސްޓްރީ (އިސްކަންދަރު ސްކޫލް)

2016 ވަނަ އަހަރު ބޭއްވުނު މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން އެކި މާއްދާތަކުން 1 ވަނަ ހާސިލުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަކީ:

1. އަޙްމަދު މިޞްބާޙު ތ. ގާދިއްފުށީ އައްސޭރި – އެކައުންޓިންގ (ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން

2. ޝައިފާ ޢަބްދުއްޝަކޫރު ކ. ގުރައިދޫ މިރުސްމާގެ – އެކައުންޓިންގ (ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން)

3. ޙަލީމަތު ލަޔާން ޢަބްދުﷲ ޅ. ނައިފަރު ދާވިޔާގެ – އެކައުންޓިންގ (މަދްރަސަތުލް އިފްތިތާޙު)

4. ޢާއިޝަތު ޝަހުދާ ބ. އޭދަފުށީ އަނޯނާގެ – ބިޒްނަސް ސްޓަޑީޒް (ބ.އަތޮޅު ތަޢުލީމީ މަރުކަޒު)

5. ފާޠިމަތު ސުމާ އަޝްރަފް ގ. މާލެހިޔާ 1-02-13 – އެކައުންޓިންގ (އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް)

6. ޒައިފް ޙަސަން ފަޟާލް ހ. ވައިޓްޑައިމަންޑް – ބިޒްނަސް ސްޓަޑީޒް (ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން)

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.