އެމްސީއެސް ގެ މުވައްޒަފުންނަށް ފޮރެންސިކް އާއި ގުޅޭ ޕްރޮގްރާމެއް ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް (އެމްސީއެސް) އާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފޮރެންސިކް ސާރވިސަސް ޑައިރެކްޓަރޭޓު ގުޅިގެން އެމްސީއެސްގެ މުވައްޒަފުންނަށް ފޮރެންސިކްއާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

 “އިންޓްރޮޑަކްޝަން ޓު ފިންގަރޕްރިންޓް އެންޑް ފޮރެންސިކް އެވިޑެންސް” ގެ ނަމުގައި ނޮވެމްބަރު މަހުގެ 9 ން 10 އަށް މާފުށި ޖަލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ފޮރެންސިކް އަހައްމިއްޔަތު އެކުލެވޭ ކުށުގެ ވެށި ދެނެގަތުމާއި، އެވިޑެންސް ނަގާ ބަންދު ކުރުމާއި، އެވިޑެންސް ގެންގުޅުމުގައި ސިއްހީގޮތުން ރައްކާތެރިވާނެ މިންގަޑުތަކާއި، ފިންގަރޕްރިންޓް ނެގުމާއި މޮބައިލް އަދި މިނޫނަސް ޑިޖިޓަލް އެވިޑެންސް، ޑީއެންއޭ ރެފެރެންސް  ސާމްޕަލް ނެގުމުގައި ޢަމަލު ކުރާނެ، އުސޫލުތަކާއި މިންގަޑުތައް ކިޔައިދީ އެ މުވައްޒަފުންނަށް ތަމްރީނުތައް ދީފައިވެއެވެ.

މިޕްރޮގްރާމް ފައްޓަވައި ދެއްވީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ އަޙުމަދުއެވެ. މިޕްރޮގްރާމް ފައްޓަވައި ދެއްވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ އަޙުމަދު ދެއްކެވި ވާހަކަފުޅުގައި މިޕްރޮގްރާމުގެ ސަބަބުން ދެފަރާތުގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދިޔަކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި މުވައްޒަފުންނަށް މިފަދަ ތަފާތު ޢިލްމީ ޕްރޮގްރާމުތައް ހިންގުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް (އެމްސީއެސް) އިން ދެއްވާ އަހައްމިއްޔަތުކަން ފާހަގަ ކުރައްވާ އިސްވެރިންނަށް ޝުކުރުއަދާ ކުރެއްވިއެވެ. މީގެއިތުރުން އެމްސީއެސް އިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ފުލުހުންގެ ފަރާތުން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓުން ވަނީ މިއަހަރު ތެރޭގައި ފޮރެންސިކްއާއި ގުޅޭ މަޢުލޫމާތު ދިނުމުގެ އެކި ޕްރޮގްރާމްތައް ހިންގާފައެވެ. އެގޮތުން ގިނަ ޢަދަދެއްގެ ސްކޫލު ދަރިވަރުންނަށާއި މިނިވަން މުވައްސަސާތަކަށާއި ތަޙުޤީޤު ކުރާ ފުލުހުންނަށާއި ފްރަންޓްލައިގައި މަސައްކަތް ކުރާ ފުލުހުންނަށް ވަނީ މަޢުލޫމާތު ދީފައެވެ.

މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާފައިވަނީ ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓްގައި މަސައްކަތްކުރާ ކަމުގެ ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.