ފޮޓޯ: ޕޮލިސް މީޑިއާ
ފޮޓޯ: ޕޮލިސް މީޑިއާ

މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ދެމީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތަފާތު ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

މި ދެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 24 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ.

މި ދެމީހުންގެ ތެރެއިން 24 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ހައްޔަރު ކޮށްފައިވަނީ މާލެއިން ނައިފަރަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިނގި އޮޕަރޭޝަނެއްގައި މި ހިނގާ އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހުގެ 14:30 ހާއިރު ނައިފަރު ބަނދަރުމަތިންނެވެ.

އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެނާގެ ހަށިގަނޑާއި އެސަރަޙައްދު ބަލައިފާސްކުރިއިރު އޭނާގެ ސައިކަލުގެ ވަށިގަނޑުގައި އޮތް ފޮއްޓެއްގެ ތެރެއިން މަަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވެއެވެ.

 އުމުރުން 30 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ހައްޔަރު ކޮށްފައިވަނީ، މަސްތުވާތަކެތި ގެންގުޅޭކަމަށް ހއ.ހޯރަފުށި ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި އޮކްޓޯބަރ މަހުގެ 17 ވަނަ ދުވަހުގެ 10:55 ހާއިރު ހއ.ހޯރަފުށި ޢައްވާބު މިސްކިތް ކުރިމަތީ ހުންނަ ފަޅު ގޯއްޗެއްގެ ތެރެއިން ނިކުންނަނިކޮށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ހަށިގަނޑާއި ފަޅު ގޯތި ބަލައިފާސްކުރި އެގޯތި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓާއި  ސެލޯފިންކޮޅެއް ފެނިފައިވެއެވެ.

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުުމުން ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައެވެ. އެގޮތުން އުމުރުން 24 އަހަރުގެ މީހާއަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 30 އަހަރުގެ މީހާއަށްވަނީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުން 10 މުއްދަތެއް ދީފައެވެ..

މި މައްސަލަތައް ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.