ބީއެމްއެލް އިން ރ ދުވާފަރުގައި ސެލްފް ސާވިސް ބޭންކިން ތައާރަފް ކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ކުރަމުންދާ އިންވެސްޓްމަންޓް ފުޅާކޮށް ރ. ދުވާފަރުގައި ސެލްފް ސަރވިސް އޭޓީއެމް އެއް ބަހައްޓައިފިއެވެ.

އާންމުކޮށް ފައިސާ ނެގުމަށް އޭޓީއެމް ބޭނުންކުރި ނަމަވެސް މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކޮށް ޓްރާންސްފަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމުގައި ބީއެމްއެލް އިން ހާމަކުރެ އެވެ.

މި އޭޓީއެމްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ އެ ރަށުގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިެކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު އެވެ.

ބީއެމްއެލް އިން މައުލޫމާތުދޭގޮތުގައި ދުވާފަރުގައި އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކުރެވިގެން މި ދިޔައީ ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ބޭންކުން ކުރަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުންނެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ އެންމެ މިޒަމާނުގެ ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ދުވާފަރުގައި ތައާރަފްކުރެވިގެން ދިޔުމަކީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިއީ ބީއެމްއެލް އިން ކުރިއަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި މި ޕްރޮގްރާމްގެ ސަބަބުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި އެކި މުޖުތަމައުތަކަށް މިދަނީ މަންފާ ލިބެމުން ކަމުގައި ހީލީ ވިދާޅުވި އެވެ. އަދި ދުވާފަރުގެ ތަރައްޤީ އާއި ކުރިއެރުމުގައި އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ ބީއެމްއެލް އަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައިވެސް ހީލީ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދަނީ އާ ބްރާންޗާއި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ ތައް ގާއިމުކޮށް މުޅި ރާއްޖޭގައި އެ ބޭންކުގެ ޚިދުމަތް ފުޅާކުރަމުންނެވެ.

ބީއެމްއެލް އިން ހާމަކުރާގޮތުގައި މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު  20 އަތޮޅުގައި 29 ބްރާންޗް، 76 އޭޓީއެމް، 3900 ޕީއޯއެސް މަރޗަންޓުން، 177 ކޭޝް އޭޖެންޓުން، 16 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި ފަސް ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.