މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް- ފޮޓޯ: މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް- ފޮޓޯ: މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ހުޅުމާލޭ ގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމްކުރަނީ

ރާއްޖޭގެ ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، ހުޅުމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް (ކުޅިވަރު އެކުވެންޏެއް) ވަރަށް އަވަހަށް ގާއިމް ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިއަދު ގަތަރުގެ އިންވެސްޓްމެންޓް އޮތީރިޓީގެ ސީއީއޯ، އަދި ޤަތަރުގެ ސުޕްރީމް ކައުންސިލް އޮފް އިކޮނޮމިކް އެފެއާސް އެންޑް އިންވެސްޓްމެންޓުގެ މެމްބަރު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ޘާނީއަށް އަލްވަދާއު ދެންނެވުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ކުޑަ ޚަފްލާއަކަށް ފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ “މި ސަރުކާރުގެ ޔޫތު މެނިފިސްޓޯ ތަންފީޒުކުރުމަށް ޔޫތު މިނިސްޓްރީން ކުރާ މަސަތްކަތްތަކުގެ ތެރެއިން ރާއްޖޭގެ ހުރިހާ އެންޓިޓީސްއެއް ގުޅިގެން ކުރެވޭ މަސަތްކަތްތަކަކީ ކުރިއަށް އޮތްތާނގައި ރާއްޖޭގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމް ކުރުން،” ކަމަށެވެ.

މީގެ އިތުރުން އިރުތިޝާމް ވިދާޅުވީ ސްޕޯޓްސް ކޮމްޕްލެކްސް އެޅިގެން ދާނީ ހުޅުމާލޭގައި ކަމަށާއި ގަތަރުން ރާއްޖޭގައި އަޅައިދޭން އެއްބަސްވެފައިވާ ޒަމާނީ ފުޓްބޯޅަ ސްޓޭޑިއަމް ވެސް، ޖާގައިގެ ދަތިކަމާއި ހެދި އެޅުމަށް ނިންމާފައިވަނީ ވެރިރަށް މާލޭގެ ބަދަލުގައި ހުޅުމާލޭ ގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކުޅިވަރު އެކުވެންޏާ އެކު ރާއްޖޭގެ ކުޅިވަރު އެތުލީޓުންނަށް ޒަމާނީ ފެންވަރުގެ ކުޅިވަރު ވަސީލަތްތަށް ލިބިގެންދާނެ ކަމަށާއި އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ ދައުރުގައި ކުޅިވަރު އެކުވެނީގެ މަސައްކަތް ފަށައިގެން ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ގަތަރުން ރާއްޖޭގައި އަޅައިދޭން އެއްބަސްވެފައިވާ ސްޓޭޑިއަމަކީ އެގައުމުގެ އަމީރު ހަމަދް ބިން ޚަލީފާ އަލް ސާނީގެ ހަދިޔާއެއް ކަމަށް ވެސް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.