fbpx

ޕީޕީއެމް އޮފީސް ރަސްމީކޮށް ހުޅުވުމުގެ  ރަސްމިޔާތުގެ ތެރެއިން -- ދުވަސް ފައިލް ފޮޓޯ
ޕީޕީއެމް އޮފީސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިޔާތުގެ ތެރެއިން -- ދުވަސް ފައިލް ފޮޓޯ

ޕީޕީއެމް ގެ ޓިކެޓުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު އިތުރު ކޮށްފި

މިއަންނަ އަހަރުގެ ޖެނިއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލް އިންތިހާބުގައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތަށް އެދި ހުށަހެޅުމުގެ ފުރުސަތު އިތުރު ކޮށްފިއެވެ.

އެގޮތުން ޕީޕީއެމް އިން މިއަދު އިއުލާނެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިހިނގާ އޮކްޓޯބަރު މަހުގެ 23 ވާ އާދީއްތަ ދުވަހުގެ 4:00 އާއި ހަމަޔަށް މުއްދަތު އިތުރު ކުރެވިފައިވާ ކަމަށެވެ. އަދި މިއިންތިހާބަށް ކުރިމަތިލުމުގެ ފޯމު ޕީޕީއެމް ގެ އޮފީހުންނާއި އެޕާޓީ ގެ ފޭސްބުކް ޕޭޖުން ވެސް ލިބެން ހުންނާނެ ކަމަށް އެއިއުލާނުގައިވެއެވެ.

މިމަހުގެ ހަ ވަނަ ދުވަހު ޕީޕީއެމް އިން ކުރި އިއުލާނުގައިވާ ޕީޕީއެމް ގެ ޓިކެޓުގައި ލޯކަލް ކައުނސިލް ތަކުގެ އިންތިހާބުގައި ވާދަ ކުރުމަށް ހުށަހެޅޭނީ އެޕާޓީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކަށެވެ. އަދި އެއްވެސް ކައުންސިލް އަކަށް އިލެކްޝަންސް ކޮމިޝަން އިން ނިންމާފައިވާ އަދަދަށް ވުރެ އިތުރަށް ކުރިމަތިލައްވައިފިނަމަ، އެދާއިރާ އަކުން ޕާޓީގެ ޓިކެޓަކުން ވާދަ ކުރެވޭނޭ ފަރާތެއް ކަނޑައަޅާނީ އެދާއިރާއަކަށް ކުރިމަތިލީ ފަރާތް ތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ބެއްވޭ ޕްރައިމެރީ އަކުން ކަމަށް ވެސް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނެފައިވަނީ އެޕްރައިމަރީ ގައި ވޮޓު ދެވޭނީ 6 އޮކްޓޯބަރު 2016 އާއި ހަމަޔަށް ޕާޓީގެ ދަފްތަރުގައި ތިބި ޕީޕީއެމްގެ މެމްބަރުންނަށް ކަމަށާއި އެ ޕްރައިމަރީ ބޭއްވޭނެ ތާރީޚެއް ފަހުން ކަނޑައެޅޭނެ ކަމަށެވެ.

ޕީޕީއެމް އިން މިއަދު ކޮށްފައިވާ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ޕާޓީ ގެ އަސާސީ ގަވައިދުގެ 72 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕާޓީގެ ތެރޭގައި ބާއްވާ އެންމެހާ އިންތިހާބު ތަކެއް ހިންގާ ބަލަހައްޓާނީ ޕީޕީއެމް ގެ އިންތިހާބު ކޮމިޓީ އިން ކަމަށެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަން އަސާސީ ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދާނީ އެކޮމިޓީ ގެ ބެލުމުގެ ދަށުން ކަމުގައިވެސް އެއިއުލާނުގައި ވެއެވެ.

ޕީޕީއެމް ގެ ޓިކެޓް ލިބިވަޑައިގަންނަވާނީ އެކަމަށް އެދި ހުށަހަޅާ ފޯމު އެޕާޓީގެ އޮފީހަށް 23 އޮކްތީބަރު 2016 ވާ އާދީއްތަ ދުވަހުގެ 4:00 ގެ ކުރިން ހުށަހަޅާ ފަރާތްތަކަށް ކަމަށާއި، އެއީ ޕްރައިމަރީ ބާއްވަން ޖެހޭ ތަންތަނުގެ ޕްރައިމަރީ ބޭއްވުމަށްފަހު ކާމިޔާބު ކުރާ ފަރާތްތަށް ހިމެނޭ ގޮތަށް ކަމަށް ވެސް އެޕާޓީ އިން ވަނީ ބުނެފައެވެ.

އެޕާޓީގެ ޓިކެޓް ލިބޭ ފަރާތްތަކަށް ޕީޕީއެމް ގެ ރައީސް، ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ސޮއި ކުރެއްވުމަށްފަހު އެ ޕާޓީގެ ޓިކެޓް ހަވާލު ކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.