ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ -- ފޮޓޯ: މަޖިލީސް
ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ -- ފޮޓޯ: މަޖިލީސް

ޕީޕީއެމްގެ ނައިބުރައީސް ކަމުން އަދުރޭ ވަކި ކޮށްފި

ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ އެތެރޭގެ މަސްރަހު ގޯސްވެފައިވާއިރު އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ޕާޓީގެ ނައިބު ރައީސް ކަމުން ވަކިކޮށްފި އެވެ.

ނައިބުރައީސް ކަމުން އަދުރޭ ވަކި ކުރިކަން އަންގާފައިވަނީ ރައީސް މައުމޫން ސޮއި ކުރައްވާ އަދުރޭއަށް ފޮނުއްވާފައިވާ ސިޓީއެއްގަ އެވެ. އެ ސިޓީގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 58 ވަނަ މާއްދާގެ (ހ)ގައި ވާގޮތުން ޕާޓީގެ ނައިބު ރައީސުންނަކީ ޕާޓީގެ ރައީސަށް އެހީތެރިވެދޭން ތިބޭ ބައެއް ކަމަށެވެ.

“މިހެން އަސާސީ ގަވާއިދުގައި އޮތް ނަމަވެސް، މި އަހަރުގެ ޖޫން މަހުން ފެށިގެން އަޅުގަނޑަށް އެހީތެރިވުމުގެ ބަދަލުގައި، މަނިކުފާނު ތިޔަ ގެންދަވަނީ އަޅުގަނޑަށް އެނގުމަކާއިނުލާ، އަސާސީ ގަވާއިދާ ހިލާފަށް އަދި ޕާޓީގެ ފިކުރާވެސް ހިލާފަށް މަސައްކަތް ކުރައްވަމުންނެވެ. އަޅުގަނޑަށް ނޭނގި އެކި އެކި ޕެޓިޝަންތަކުގައި ޕާޓީގެ ކައުންސިލް މެމްބަރުން ލައްވާ ސޮއި ކުރުވާ، އަޅުގަނޑާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަ މީޑިއާގައި ދައްކަވައި، މިފަދަ އެތައް ކަމެއް ކުރައްވަމުންނެވެ” ރައީސް މައުމޫން ސޮއި ކުރައްވާ އަދުރޭއަށް ފޮނުވާފައިވާ ސިޓީގައި ވެ އެވެ.

އެ ސިޓީގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ އަދުރޭ އަކީ ރައީސް މައުމޫން، ޕީޕީއެމްގެ ކައުންސިލަށް އައްޔަންކުރި ތިން މެމްބަރުންގެ ތެރެއިން އެއް މެމްބަރު ކަމަށްވާއިރު މަތީގައި ދަންނަވާފައިވާ ކަންކަމަކީ ގަބޫލުކުރަން ދަތި ކަންކަން ކަމަށެވެ. އަދި އެ ކަންކަމާ ހިތްހަމަ ނުޖެހިގެން ޕާޓީގެ ވަރަށް ގިނަ އާއްމު މެމްބަރުންގެ ފަރާތުން ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

އެ ސިޓީގައި ރައީސް މައުމޫން އިތުރަށް ވިދާޅުވެފައިވަނީ” މިއަދުން ފެށިގެން ހިތާމަޔާއެކު، މަނިކުފާނު ޕީޕީއެމްގެ ކައުންސިލުން ވަކި ކޮށްފައި” ވާކަމަށެވެ. އަދި ޕާޓީގެ ކައުންސިލް މެމްބަރުކަމުން ވަކިވުމުން ޕާޓީގެ ނައިބުރައީސް ކަމުންވެސް ވަކިވީ ކަމަށެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

One Response

  1. މާލަސްވެއްޖެ ވަކިކުރަން ބޯންއުޅުނު ބޮޑި ތިޔައޯތީބޮވިފައި ދެންއަންނަ ދައުރު ނުވެސް ހޮވޭނެ

ހިޔާލު ދެއްވާ!

Your email address will not be published.